ކުޅިވަރު

ބާސެލޯނާއަށް އަލްވަރޭޒް ނުވިއްކާނެކަމަށް ސިމެއޯނޭ ބުނެފި

ބާސެލޯނާއަށް އަލްވަރޭޒް ނުވިއްކާނެކަމަށް ސިމެއޯނޭ ބުނެފި

ެއެތުލެޓިކޯ މެޑްރިޑުގެ ޖާޒީގައި އަލްވަރޭޒް / ފޮޓޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 އޯގަސްޓު 2026، 12:15

09 އޯގަސްޓު 2026، 12:15

މިހާރު ހުޅުވާލާފައިވާ ޓްރާންސްފާ މާކެޓުގައި އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ހޫލިއަން އަލްވަރޭޒް އެހެން ކްލަބަކަށް ދޫކޮށްނުލާނެ ކަމަށް އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމެއޯނޭ ބުނެފިއެވެ.

ސްޕެއިންގެ ބާސެލޯނާއިން އަލްވަރޭޒް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، ސިމެއޯނޭ ބުނީ ކްލަބުގެ ނިންމުން ވަރަށް ސާފު ކަމަށެވެ. އަދި ކްލަބުގެ ސީއީއޯ މިގޭލް އެންޖެލް ގިލް މާރިން އެކަން ވަރަށް ރަނގަޅަށް ސާފުކޮށްދީފައިވާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މިދިޔަ މަހު އެތުލެޓިކޯއިން ވަނީ ބާސެލޯނާއިން ގަވާއިދާ ހިލާފަށް އަލްވަރޭޒްއާ ވާހަކަދައްކަމުންދާ ކަމަށް ބުނެ ފީފާއަށް މައްސަލައެއްވެސް ހުށަހަޅާފައެވެ. އަލްވަރޭޒް ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލްއިންވެސް މަސައްކަތް ކުރަމުންދާއިރު، މިދިޔަ ޖޫން މަހު ރިއަލް މެޑްރިޑުން ހުށަހެޅި 150 މިލިއަން ޔޫރޯގެ ބިޑެއްވެސް އެތުލެޓިކޯއިން ވަނީ ބޭރުކޮށްލާފައެވެ.

ދެކުނު ކޮރެއާގެ ސޯލްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސިމެއޯނޭ ބުނީ، އަލްވަރޭޒް ފަދަ ކުޅުންތެރިއަކު ޓީމުގައި ހުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އޭނާ އިތުރަށް ކުރިއެރުވުމަށް ކްލަބުން އެހީތެރިވާނެ ކަމަށްވެސް ބުންޏެވެ.

މީގެ ދެ އަހަރު ކުރިން މެންޗެސްޓަރ ސިޓީއިން އެތުލެޓިކޯއާ ގުޅުނު އަލްވަރޭޒް ވަނީ އެ ޓީމަށް 49 ގޯލު ޖަހައިދީފައެވެ. ވޯލްޑް ކަޕް ފައިނަލަށްފަހު ލިބުނު ޗުއްޓީ ނިންމާލުމަށްފަހު، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އޭނާ ޓީމާ ގުޅޭނެއެވެ.

އެތުލެޓިކޯ މެޑްރިޑުން ލަލީގާ ސީޒަން ފަށާނީ އޯގަސްޓް 19 ވަނަ ދުވަހު މަލާގާއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. މިދިޔަ ސީޒަންގައި އެތުލެޓިކޯ ތާވަލުގެ ހަތަރުވަނައިގައި ނިންމާލީ އެއްވަނަ ހޯދި ބާސެލޯނާއަށްވުރެ 25 ޕޮއިންޓް ފަހަތުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450