ކުޅިވަރު

އެލްޖީބީޓީ ޕްރޮމޯޓު ކުރުމަށް އިނގިރޭސި ލީގުގައި ހިންގާ ހަރަކާތްތަކަށް އިޕްސްވިޗްގެ ކެޕްޓަން ދެކޮޅު ހަދައިފި

އެލްޖީބީޓީ ޕްރޮމޯޓު ކުރުމަށް އިނގިރޭސި ލީގުގައި ހިންގާ ހަރަކާތްތަކަށް އިޕްސްވިޗްގެ ކެޕްޓަން ދެކޮޅު ހަދައިފި

އިޕްސްވިޗް ޓައުންގެ ކެޕްޓަން، ސޭމް މޮރްސީ އެލްޖީބީޓީ ޕްރޮމޯޓުކުރާ ކެޕްޓަން ބޭންޑު ބޭނުންކޮށްފައެއް ނުވޭ--- ފޮޓޯ: އިންޓަނެޓް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 ޑިސެމްބަރު 2024، 08:48

03 ޑިސެމްބަރު 2024، 08:48

ހުލާސާ

އެއްވެސް ބަޔަކު މުޖުތަމައުން އެކަހެރި ނުކޮށް، އެންމެންގެ ބައިވެރިވުމާއެކު ލީގު ހިންގުމަށް ކަމަށް ބުނެ ޕްރިމިއަރ ލީގުން ހިންގާ "ރެއިންބޯ ލޭސަސް" ކެމްޕެއިނަކީ 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގާ ކެމްޕެއިނެއް.

މިކަމާ ގުޅިގެން އިޕްސްވިޗުން ނެރުނު ބަޔާނެއްގައި ބުނީ، މޮރްސީގެ ނިންމުމަކީ އޭނާގެ ދީނީ ވިސްނުމާއި ގުޅުންހުރި ނިންމުމެއް ކަމަށާއި، އެކަމަށް ކުލަބުން އިހުތިރާމްކުރާ ކަމަށް.

ނޮވެންބަރު މަހުގެ 29 އިން ފެށިގެން ޑިސެންބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އިންގްލިޝް ޕްރިމިއަރ ލީގުގައި އެއްޖިންސުން ގުޅުން ހިންގުން ނުވަތަ އެލްޖީބީޓީ ޕްރޮމޯޓު ކުރުމަށް ހިންގާ ހަރަކާތްތަކަށް، މިސްރަށް ނިސްބަތްވާ އިޕްސްވިޗް ޓައުންގެ ކެޕްޓަން، ސޭމް މޮރްސީ ދެކޮޅު ހަދައިފިއެވެ.

 

އެއްވެސް ބަޔަކު މުޖުތަމައުން އެކަހެރި ނުކޮށް، އެންމެންގެ ބައިވެރިވުމާއެކު ލީގު ހިންގުމަށް ކަމަށް ބުނެ ޕްރިމިއަރ ލީގުން ހިންގާ "ރެއިންބޯ ލޭސަސް" ކެމްޕެއިނަކީ 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގާ ކެމްޕެއިނެކެވެ.  

 

މި ސީޒަންގެ 13، އަދި 14 މެޗުވީކްގައި މި ކެމްޕެއިން ކުރިޔަށްދާއިރު، މި ކެމްޕެއިންގެ މުއްދަތުގައި ހުރިހާ ޓީމެއްގެ ކެޕްޓަނުން ބޭނުން ކުރަންޖެހެނީ ރެއިންބޯ ކެޕްޓަން ބޭންޑެކެވެ. ނަމަވެސް، ޕްރިމިއަރ ލީގުން އެއްވެސް ކްލަބަކަށް މިކަން މަޖުބޫރުކޮށްފައެއް ނުވެއެވެ. އެހެންކަމުން އިޕްސްވިޗުން ނޮޓިންހަމް ފޮރެސްޓާ ކުޅުނު މެޗުގައި ރެއިންބޯ ކެޕްޓަން ބޭންޑު ބޭނުންކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާ ބޭނުންކުރީ އާންމުކޮށް ބޭނުންކުރާ ޑިޒައިނުގެ ބޭންޑެވެ.

 

މިކަމާ ގުޅިގެން އިޕްސްވިޗުން ނެރުނު ބަޔާނެއްގައި ބުނީ، މޮރްސީގެ ނިންމުމަކީ އޭނާގެ ދީނީ ވިސްނުމާއި ގުޅުންހުރި ނިންމުމެއް ކަމަށާއި، އެކަމަށް ކުލަބުން އިހުތިރާމްކުރާ ކަމަށެވެ. 


މި ލިޔުން ކިޔާލުމުން