Ads by Farudhun

ޚަބަރު

ނޭޝަނަލް ކެރިއަރ ސަރވިސްއިން ވަޒީފާގެ ބާޒާރު ހަރުދަނާކުރުމަށް "މައި ކެރިއަރ ޕޯޓަލް" އިފްތިތާޙުކޮށްފި

ނޭޝަނަލް ކެރިއަރ ސަރވިސްއިން ވަޒީފާގެ ބާޒާރު ހަރުދަނާކުރުމަށް "މައި ކެރިއަރ ޕޯޓަލް" އިފްތިތާޙުކޮށްފި

ކެރިއާ ޕޯޓަަލް އިފްތިތާހު ކުރުން - ފޮޓޯ: ހޯމްލޭންޑް މިނިސްޓްރީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

10 އޯގަސްޓު 2026، 11:26

10 އޯގަސްޓު 2026، 11:26

ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރާއި، މުވައްޒަފުން ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކެރިއަރ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ "މައި ކެރިއަރ ޕޯޓަލް" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙުސާނެވެ. ނޭޝަނަލް ކެރިއަރ ސަރވިސް (އެން.ސީ.އެސް) އިން ތަރައްޤީކޮށްފައިވާ މި ޕޯޓަލްއަކީ ވޯލްޑްބޭންކުގެ އެހީގައި ކުރިއަށްގެންދާ "ސެއިލްސް" ޕުރޮޖެކްޓުގެ ދަށުން ފަންޑުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއަރ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލުމެވެ. މީގެ ސަބަބުން ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާވެ، ވަޒީފާގެ ކަންކަން ހަމަޖެއްސުމުގައި ލުއިފަސޭހަ ނިޒާމެއް ޤާއިމުވެގެންދާނެއެވެ.

އިފްތިތާޙުކުރެވުނު މި ޕޯޓަލްގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި:

  • ކެރިއަރ ގައިޑަންސް: ވަޒީފާ ހޯދާ ފަރާތްތަކާއި ތަމްރީނުލިބިފައިވާ ކައުންސިލަރުން ސީދާ ގުޅުވައިދީ، އަމާޒުތައް ކަނޑައެޅުމަށާއި ފަރުދީ އިރުޝާދު ފޯރުކޮށްދިނުން.
  • ކެރިއަރ ޕާތުވޭ ޑިޒައިނަރ: ކެރިއަރުގައި ދުރު ރާސްތާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި މާހިރުންގެ އިރުޝާދާއެކު މަގުޗާޓެއް ކުރަހައިދިނުން.
  • މައިލްސްޓޯން ޓްރެކަރ: މީހާގެ ތައުލީމާއި، ތަމްރީނާއި، ތަޖުރިބާ އެއް ފެނުމަކުން ފެންނާނޭހެން ތަރުތީބުކޮށްދޭ ޗާޓެއް. މީގެ ސަބަބުން އިތުރަށް ތަރައްގީކުރަންޖެހޭ ހުނަރުތައް ފަސޭހައިން ދެނެގަނެވޭނެއެވެ.
  • ވަޒީފާއާ ގުޅުވައިދިނުން: ވަޒީފާގެ ފުރުސަތުތައް އިޢުލާނުކުރުމާއި، މީހާގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހަޅައިދީ، ވަޒީފާއަށް ކުރިމަތިލުމުގެ މަރުހަލާ އަވަސްކޮށްދިނުން.

މި މަސައްކަތަކީ ދިވެހިންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ޤާއިމުކުރުމަށާއި، ޤާބިލު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ "މޯލްޑިވުސް 2.0" އިސްނެގުމުގެ ބައެކެވެ.

މިހާރުން ފެށިގެން ވަޒީފާ ހޯދާ ފަރާތްތަކަށާއި ވަޒީފާ ދޭ ފަރާތްތަކަށް www.mycareer.gov.mv ޕޯޓަލް މެދުވެރިކޮށް މި ޚިދުމަތްތައް ބޭނުންކުރެވޭނެއެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450