Ads by Farudhun

ޚަބަރު

އެލްޖީއޭގެ ބޯޑަށް 2 މެންބަރަކު ޢައްޔަންކުރުމަށް މަޖިލީހަށް

އެލްޖީއޭގެ ބޯޑަށް 2 މެންބަރަކު ޢައްޔަންކުރުމަށް މަޖިލީހަށް

ރައްޔިތުންގެ މަޖިލިސް---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 އޯގަސްޓު 2026، 12:53

10 އޯގަސްޓު 2026، 12:53

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުންގެ ތެރެއިން 2 މެންބަރަކު އައްޔަނުކުރެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ  ޑރ. މުޙައްމަދު މުޢިއްޒު ނަން ފޮނުއްވައިފިއެވެ.

އެލްޖީއޭގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުންގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު  އާންމުކޮށް ހުޅުވާލާފައި ވަނީ ރައީސް އޮފީހުންނެވެ. މި ބޯޑުގެ ތިން މެންބަރެއްގެ ދައުރު ސެޕްޓެމްބަރު މަހު ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލުމަށް މިދިޔަ ޖުލައި މަހު ވަނީ ފުރުސަތު ހުޅުވާލާފައެވެ. 

މި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ދެ ދާއިރާއަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ދެ ބޭފުޅެއްގެ ނަން މިހާރު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.  އެމަނިކުފާނު ހުށަހަޅުއްވާފައިވަނީ، މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން އަންހެން މެންބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަންކުރާ މެންބަރުގެ ނަމެވެ.

ޖެންޑަރ އިކުއަލިޓީގެ ދާއިރާގެ ތަޖުރިބާކާރެއްގެ ގޮތުގައި އެލްޖީއޭ ބޯޑަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ގދ. ގައްދޫ، ތިބުރޯޒުގެ އައިޝަތު އާރިފާގެ ނަންފުޅެވެ. އަދި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ހުށަހަޅުއްވާފައިވަނީ ށ. ކަނޑިތީމު، ރަތްވިލާގެ މުހައްމަދު އާރިފްގެ ނަންފުޅެވެ. 

މީގެ އިތުރުން، މަދަނީ ޖަމްޢިއްޔާގެ މެންބަރެއްގެ ގޮތުގައި ޢައްޔަންކުރައްވާ ބޭފުޅެއްގެ މަޤާމަށް ކުރިމަތިލުމަށް ވެސް ރައީސް އޮފީހުން ހުޅުވާލިއެވެ.

ޖުމްލަ 9 މެންބަރުންގެ މައްޗަށް އެކުލެވޭ އެލްޖީއޭ ބޯޑުގައި ހިމެނެނީ، ގާނޫނުއަސާސީގެ 140 ވަނަ މާއްދާގެ ދަށުން މަޖިލީހަށް ޖަވާބުދާރީވުމަށް ރައީސް އައްޔަންކުރައްވާ ވަޒީރާއި، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމިއްޔާގެ މެންބަރެކެވެ. މީގެ އިތުރުން ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރެވޭ މެންބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކާއި،   ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450