ކުޅިވަރު / ޚަބަރު

ސާއިދުގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ، ޑޮކްޓަރުން އުއްމީދު ކަނޑާލައިފި

ސާއިދުގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ، ޑޮކްޓަރުން އުއްމީދު ކަނޑާލައިފި

ޖާނަލިސްޓު ސާއިދު---

farudhun logo

ފަރުދުން

10 އޯގަސްޓު 2026، 01:09

10 އޯގަސްޓު 2026، 01:09

ޕީއެސްއެމް ނިއުސްގެ ކުޅިވަރު ޚަބަރުތަކާއި ޕްރޮގްރާމްތައް ގެނެސްދޭ، އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ހުނަރުވެރި ނޫސްވެރިޔާ ސާއިދު އަހުމަދުގެ ހާލު ވަރަށް ބޮޑަށް ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ގދ. ތިނަދޫއަށް ނިސްބަތްވާ ސާއިދަކީ ދެ ކިޑްނީ ފެއިލްވެގެން ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދަމުން އަންނަ ފަރާތެކެވެ. އާއިލާއިން މައުލޫމާތު ދޭ ގޮތުގައި ސާއިދުގެ ހާލު ސީރިއަސްވީ މިއަދު ޑަޔަލިސިސް ހަދަން ދިޔަ ވަގުތުގައެވެ. ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން ޑޮކްޓަރުން މިހާރު ވަނީ އޭނާގެ ފުރާނަ ސަލާމަތްވުމާ މެދު އޮތް އުއްމީދު ކަނޑާލާފައެވެ.

ސާއިދުގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނީ 2018 ވަނަ އަހަރު، އިންފެކްޝަނެއް އުފެދިގެން ޑޮކްޓަރަށް ދެއްކުމުންނެވެ. އޭގެ ފަހުން އޭނާ ގެންދިޔައީ ބަލި ހާލަތާ ހަނގުރާމަކުރަމުން، ނޫސްވެރިކަމުގެ ދާއިރާގައި ސާބިތުވެ ހުރެފައެވެ. 

ސާއިދަކީ ހަމައެކަނި ޚަބަރު ކިޔުންތެރިއެއް ނޫނެވެ. އޭނާއަކީ ކުޅިވަރު ޕްރޮގްރާމްތައް އުފައްދައި، ފުޓުބޯޅަ މެޗުތަކުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ކޮމެންޓްރީއެއް ވެސް ގެނެސްދެމުން ދިޔަ ހުނަރުވެރި ޖާނަލިސްޓެކެވެ.

ބޭސްފަރުވާގެ ކަންކަމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، ސޯޝަލް މީޑިއާ މެދުވެރިކޮށް "ހެލްޕް ސާއިދު"ގެ ނަމުގައި އާންމުންގެ އެހީތެރިކަން ހޯދުމަށް ވެސް މީގެ ކުރިން މަސައްކަތްތަކެއް ކޮށްފައިވެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450