Ads by Farudhun

ޚަބަރު

ސަރުކާރު ދެމިއޮންނާނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި: ރައީސުލްޖުމްހޫރިއްޔާ

ސަރުކާރު ދެމިއޮންނާނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި: ރައީސުލްޖުމްހޫރިއްޔާ

"އެސްޕްރެސޯ ވިތު ރައީސް" ގައި ރައީސުލްޖުމްހޫރިއްޔާ / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

12 އޯގަސްޓު 2026، 11:18

12 އޯގަސްޓު 2026، 11:18

ސަރުކާރު ދެމިއޮންނާނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. އެ މަނިކުފާނު ވިދާޅުވީ، ދިވެހި ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު އެއް ބާރުކަމަށާއި، އަދި އެ މަނިކުފާނު ވަނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ދިވެހި ޒުވާނުންގެ އުފެއްދުންތެރިކަމާއި، ކަންކަން ހާސިލްކުރުމުގައި ކެތްތެރިވާ މިންވަރާއި ސާބިތުކަމަކީ ރާއްޖޭގެ މުޖުތަމައުތަކާއި މުޅި ގައުމު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމަށެވެ.

ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތައަކީ ޒުވާނުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޒުވާނުންގެ އުއްމީދުތަކާއި ބޭނުންތަކަކީ ގައުމުގެ މުސްތަގުބަލާ ސީދާ ގުޅިފައިވާ ކަންކަން ކަމަށެވެ. އެގޮތުން، ޒުވާނުންނަށް މަތީ ތައުލީމާއި، ހުނަރު ތަރައްގީކުރުމާއި، އަދި މާނަހުރި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މި ސަރުކާރުން އިސްކަންދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ތައުލީމީ މަރުހަލާ ނިންމުމަށްފަހު ވަޒީފާގެ މައިދާނަށް ނުކުތުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ "ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" އާއި "ނޭޝަނަލް ސާވިސް ޕްރޮގްރާމް" ފަދަ މަޝްރޫއުތަކަކީ ޒުވާނުން ބާރުވެރިކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.



ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ޒުވާނުންގެ އަތްމަތީގައި ރާއްޖޭގެ މިއަދާއި މާދަމާ އޮތީ އަމާންކަމާއި، ތަނަވަސްކަމާއި، އަދި ދެމެހެއްޓެނިވި ތަރައްގީގެ މަގުގައިކަން ޔަގީންކުރައްވާ ކަމަށް ވިދާޅުވަމުންނެވެ.

ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރީ 1998 ވަނަ އަހަރުއެވެ. މިދުވަސް ފާހަގަކުރަން ފެށީ ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނާބެހޭ ވަޒީރުން ބައިވެރިވި ބައްދަލުވުމެއްގައި، އޮގަސްޓު މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަސްކަމަށް ކަނޑައެޅުމަށް ނިންމުމާ ގުޅިގެންނެވެ. މި ބައްދަލުވުން އޮތީ 1998 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450