Ads by Farudhun

ޚަބަރު

ޕާކިސްތާނުގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒު ފޮނުއްވައިފި

ޕާކިސްތާނުގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒު ފޮނުއްވައިފި

ރައީސް މުޢިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއެކު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޯގަސްޓު 2026، 02:26

14 އޯގަސްޓު 2026، 02:26

ޕާކިސްތާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައީސް އާޝިފް އަލީ ޒަރުދާރީއަށާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ މިނިވަންކަމަށް 79 އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށްވެސް ރައީސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސް މުއިއްޒުގެ މެސެޖުގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އޮތް އުހުވަތްތެރި ގުޅުން ފާހަގަކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުމުގެ ގުޅުމަކީ ރާއްޖެއިން އަބަދުވެސް އަހައްމިއްޔަތުކަމެއް ދޭ ގުޅުމެއްކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން އިތުރަށް ބަދަހިވެ، ދެގައުމުގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި މަންފާ ލިބިގެންދިއުމަށް އެދޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ އޯގަސްޓު މަހުގެ 14 ވަނަ ދުވަހަކީ ޕާކިސްތާނުގެ މިނިވަންދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އިންޑިއަން ސަބް ކޮންޓިނެންޓުގައި މުސްލިމުންނަށް ވަކި ދައުލަތެއް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން އިނގިރޭސީންގެ އިސްތިއުމާރުން އިންޑިޔާ މިނިވަންވިިއިރު، ވަކި ދައުލަތެއްގެ ގޮތުގައި ޕާކިސްތާން އުފަންވީ 1947 ވަނަ އަހަރުގެ އޯގަސްޓު 14 ވަނަ ދުވަހުއެވެ.

ޕާކިސްތާނު އުފަންވިިއިރު މިހާރުގެ ބަންގުލަދޭޝްވެސް އޮތީ ޕާކިސްތާނުގެ ބައެއްގެ ގޮތުގައެވެ. އެއީ އެއިރުގެ އިރުމަތީ ޕާކިސްތާނުގެ ގޮތުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450