Ads by Farudhun

ޚަބަރު

ރައީސް މުޢިއްޒު އުތީމަށް ވަޑައިގެންފި

ރައީސް މުޢިއްޒު އުތީމަށް ވަޑައިގެންފި

ރައީސް ޑރ މުޢިއްޒަށް އުތީމުން މަރުޙަބާ ދެންނެވުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޯގަސްޓު 2026، 09:48

15 އޯގަސްޓު 2026، 09:48

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އުތީމަށް މިއަދު ވަޑައިގެންފިއެވެ. އެމަނިކުފާނު އުތީމަށް ވަޑައިގެންނެވީ އެ ރަށުގައި ކުރިއަށްދާ ޤައުމީ ދުވަހުގެ ޙަރަކާތްތައް ޝަރަފުވެރިކޮށްދެއްވައި، އެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް މުޢިއްޒުގެ ދެކަނބަލުން އުތީމަށް ވަޑައިގެންނެވުމުން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އުތީމު ބަނދަރު ސަރަޙައްދަށް ނުކުމެ އެ ދެކަނބަލުންނަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.

އުތީމަށް ކުރައްވަމުންދާ މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގައި އައްސުލްޠާން އަލްޣާޒީ މުޙައްމަދު ތަކުރުފާނު އަލްއަޢުޡަމްގެ ޒިކުރާއެއްގެ ގޮތުން އުތީމުގައި އަލަށް ބިނާކުރެވުނު ބޮޑުތަކުރުފާނުގެ  ހަނދާނީ ދޮރާށިކޮޅު ހުޅުވައިދެއްވައިފައެވެ.

މީގެއިތުރުން، މިއަދުގެ ވަގުތެއްގައި އުތީމުގައި ޤާއިމުކޮށްފައިވާ 'ވާހަކަ ވައު' ހުޅުވައިދެއްވުމަށް ހަމަޖެހިފައިވާއިރު، މިރަށުގައި ކުރިއަށްދާ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450