Ads by Farudhun

ޚަބަރު

ހއ. އުތީމުގައި ގާއިމްކުރި ބޮޑުތަކުރުފާނު ހަނދާނީ ދޮރޯށި ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

ހއ. އުތީމުގައި ގާއިމްކުރި  ބޮޑުތަކުރުފާނު ހަނދާނީ ދޮރޯށި ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

ބޮޑުތަކުރުފާނު ހަނދާނީ ދޮރޯށި ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޯގަސްޓު 2026، 11:57

15 އޯގަސްޓު 2026، 11:57

ޣާޒީ ބަންޑާރައިންގެ ޒިކުރާ އާކޮށް ދެމެހެއްޓުމުގެ މަޝްރޫޢުގެ ދަށުން ހއ. އުތީމުގައި ބިނާކުރި "ބޮޑުތަކުރުފާނު ހަނދާނީ ދޮރޯށި" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.

މި ދޮރޯށި އިފްތިތާހުކޮށްދެއްވާފައިވަނީ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް، މިއަދު ހއ. އުތީމަށް ވަޑައިގެންނެވުމަށްފަހުއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުއްﷲ އާއި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްޣަނީ މުޙައްމަދުގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު އާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޢިއްޒަތްތެރިންނާއި، ބޭރުގެ ޑިޕްލޮމޭޓުންނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ފަރުމާކޮށްފައިވަނީ ބޮޑުތަކުރުފާނު ކުރެއްވި ތާރީޚީ ޖިހާދު ރަމްޒުކޮށްދޭ ގޮތަށެވެ. މާޒީގެ ތާރީޚީ މިސްކިތްތަކުގެ ތަނބުތަކުގެ އަޞްލާ އެއްގޮތަށް ފަރުމާކޮށްފައިވާ ހަ ތަނބު މި ބިނާގައި ހިމެނެއެވެ. މި ކޮންމެ ތަނބަކުން ރަމްޒުކޮށްދެނީ ދިވެހި އުއްމަތުގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި ޖިހާދުކުރެއްވި ހަ ތާކުރުފާނުންނެވެ.

މި ދޮރޯށިއަކީ ޣާޒީ ބަންޑާރައިން (އުތީމު މުޙައްމަދު ތަކުރުފާނު) ގެ ޒިކުރާ އާއި ތަރިކަ ރައްކާތެރިކުރުމަށް ހއ. އަތޮޅުގައި ހިންގާ ޚާއްޞަ ޤައުމީ މަޝްރޫޢުގެ ބައެކެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ދިވެހި ޤައުމިއްޔަތާއި ޘަޤާފަތް އާލާކޮށް ދިރުވައި، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުވައިގެން އަންނާންއޮތް ޖީލުތަކަށް މި ތަރިކަ ފޯރުކޮށްދިނުން ކަށަވަރުކުރުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450