Ads by Farudhun

ޚަބަރު

ޤައުމީ ދުވަސް ހިތްވަރުދެނީ ދިވެހިންގެ ކިބައިގައި އިހުގައި ހުރި ރީތި މާތް އަޚްލާޤީ ސިފަތައް އަނބުރާ އިޢާދަކުރަން: ރައީސް

ޤައުމީ ދުވަސް ހިތްވަރުދެނީ ދިވެހިންގެ ކިބައިގައި އިހުގައި ހުރި ރީތި މާތް އަޚްލާޤީ ސިފަތައް އަނބުރާ އިޢާދަކުރަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

15 އޯގަސްޓު 2026، 03:52

15 އޯގަސްޓު 2026، 03:52

ޤައުމީ ދުވަސް ހިތްވަރުދެނީ ދިވެހިންގެ ކިބައިގައި އިހުގައި ހުރި ރީތި މާތް އަޚްލާޤީ ސިފަތައް އަނބުރާ އިޢާދަކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވީ މިއަދު އުތީމުގައި ބޭއްވުނު  ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ވާހަކަފުޅުގައި ރައިސް ވަނީ ޤައުމީ ދުވަސް ފާހަގުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ، މި ދުވަސް ފާހަގަކުރުމުގެ ސަބަބުން، އެތައް އަގުހުރި ފިލާވަޅުތަކެއް ލިބިގެންދާކަން ފާހަގަކުރައްވާފައެވެ.

ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ހިތްވަރުދެނީ ދިވެހިންގެ ކިބައިގައި އިހުގައި ހުރި ރީތި މާތް އަޚްލާޤީ ސިފަތައް އަނބުރާ އިޢާދަކުރަން. ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ބުނެދެނީ ޤައުމީ ވިސްނުމާއި ޤައުމީ ރޫޙުން ހިތްތަކަށް ހަމަޖެހުން ގެންނާން.

ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ޤައުމީ ދުވަސް ދަސްކޮށްދެނީ އިހުގެ މަތިވެރި އަޖުދާދުން ފަދައިން، އެއްރޫޙެއްގައި އެއް އަމާޒެއްގައި އެކީގައި ގުޅިގެން ދެމިތިބިމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ބައިބައިވުންތަކަށް މަގުފަހިވާ ގޮތަށް ޢަމްލުތައް ނުބެހެއްޓުމަށާއި، ދިވެހީންގެ ރާއްޖެ، ދިވެހީންނަށް ޓަކައި އުފާވެރި ހިމޭން މަންޒިލެއްގެ ގޮތުގައި ދެމިއޮތުމަށް ޓަކައި ޤައުމީ ލޯބި އިސްކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީ ދިވެހީން. މީ ދިވެހީންގެ ރާއްޖެ. އަޅުގަނޑުމެން ތިބޭނީ ޤައުމަށް ހެޔޮ އެދުމުގާ. ޤައުމީ ރޫޙުގާ. ޤައުމާ އެކުގާ.

ރައީސް ވިދާޅުވިއެވެ.

ޤައުމުގެ ޙައްޤުގައި ލެޔާއި ދާ އޮހޮރާލުމަކީ ދިވެހި ޤައުމީ ސިފައެއްކަމާއި، ޤައުމީ ދުވަހުގެ އަމާޒަކަށް ވާންވީ، ދިވެހި މުޖުތަމަޢުގައި ތަހުޒީބު ސިފަތައް އަށަގެންނެވުންކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450