Ads by Farudhun

ޚަބަރު

ވަޒީފާއާއި ތަމްރީނުގެ ފުރުސަތުތަކާ އެކު ސެންޓާރާއިން ޚާއްޞަ އޯޕަން ޑޭއެއް ބާއްވަނީ

ވަޒީފާއާއި ތަމްރީނުގެ ފުރުސަތުތަކާ އެކު ސެންޓާރާއިން ޚާއްޞަ އޯޕަން ޑޭއެއް ބާއްވަނީ

އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖްގައި.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޯގަސްޓު 2026، 01:46

22 އޯގަސްޓު 2026، 01:46

ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންގެ މުސްތަޤްބަލް ބައްޓަންކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް އަދި ސެއިލްސް (SAILS) ޕްރޮޖެކްޓް ގުޅިގެން ޚާއްޞަ "އޯޕަން ޑޭ" އެއް ބޭއްވުމަށް ނިންމައިފިއެވެ.

 ވިލާ ކޮލެޖުގެ އެހީތެރިކަމާއެކު އެ ކޮލެޖުގެ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތް އޮންނާނީ އޮގަސްޓް 23 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށެވެ.

މި ހަރަކާތަކީ ވަޒީފާ ނެތް ފަރާތްތަކަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކުގެ އިތުރުން މި ދާއިރާއިން ކުރިއަށްދާން އެދޭ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ހަރަކާތެކެވެ. މި އޯޕަން ޑޭގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، އެޕްރެންޓިސްޝިޕް އަދި ވަޒީފާގެ ދާއިރާއިން ކުރިއަށްދެވެން ހުރި ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މި ހަރަކާތުގައި ރާއްޖޭގައި ހިންގާ ސެންޓާރާގެ 4 ރިސޯޓަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި މައްޗަފުށި އައިލެންޑް ރިސޯޓް އެންޑް ސްޕާ، ސެންޓާރާ ރަސް ފުށި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް، ސެންޓާރާ ގްރޭންޑް ލެގޫން މޯލްޑިވްސް އަދި ސެންޓާރާ މިރާޖް ލެގޫން މޯލްޑިވްސް ހިމެނެއެވެ. މި އިވެންޓުގެ ތެރެއިން ވަޒީފާގެ 27 ފުރުސަތަކާއި، 13 އެޕްރެންޓިސްޝިޕް ފުރުސަތު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން ސެންޓާރާގެ ރެކްރޫޓްމަންޓް ޓީމާއި އެޗް.އާރް މަންދޫބުންނާ ބައްދަލުކޮށް، ދާއިރާގެ މަޢުލޫމާތު ސާފުކުރުމުގެ އިތުރުން، ވަގުތުން ސީވީ ސްކްރީންކޮށް އިންޓަވިއު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ސެންޓާރާގެ މުވައްޒަފުންނަށް ލިބޭ ޢިނާޔަތްތަކުގެ މަޢުލޫމާތު ދިނުމާއި، ޕެނަލް ޑިސްކަޝަން އަދި ސުވާލާއި ޖަވާބު ސެޝަންތައްވެސް ކުރިއަށްދާނެއެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮގަސްޓް 23 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އޮންލައިން ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450