Ads by Farudhun

ޚަބަރު

ވިޔަފާރިތަކަށް ހުރި ހުރަސްތައް ނައްތާލައި ފަހި މާހައުލެއް ޤާއިމުކޮށްދޭނަން: ރައީސް މުޢިއްޒު

ވިޔަފާރިތަކަށް ހުރި ހުރަސްތައް ނައްތާލައި ފަހި މާހައުލެއް ޤާއިމުކޮށްދޭނަން: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޯގަސްޓު 2026، 05:25

23 އޯގަސްޓު 2026، 05:25

އަމިއްލަ ވިޔަފާރިތަކަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، އައު ވިޔަފާރިތައް ފެށުމަށާއި ކުރިއެރުވުމަށް އަދި ފުޅާ ދާއިރާއެއްގައި އިންވެސްޓްކުރުމަށް ފަސޭހަ މާހައުލެއް އުފެއްދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ގްލޯބަލް ބިޒްނަސް ނެޓްވަރކް ފޯރަމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަކީ ކުޑަ ޤައުމަކަށް ވީނަމަވެސް ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަކީ އެ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ތަރައްގީގެ ފުރުސަތުތަކަށް ބަދަލުކުރަމުން އަންނަ ޤައުމުތަކެއްކަން ފާހަގަކުރައްވައި، އެފަދަ ޤައުމުތަކުގެ އިޤްތިޞާދީ އިންޖީނަކީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، އެފަދަ ވިޔަފާރިތަކުގެ ޚިޔާލުތައް ތަރައްގީކުރެވޭނެ މާހައުލެއް ޤާއިމުކޮށް، ބައިނަލްއަގުވާމީ މާކެޓަށް ވަނުމުގެ ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު ދެމެހެއްޓެނިވި ޚިޔާލުތައް ހަގީގަތަކަށް ހަދައި، ވިޔަފާރިތައް ކުރިއެރުވުމަށް ސިޔާސަތުތައް އެކުލަވާލައި، މާލީ އެހީތެރިކަމާއި އިންފްރާސްޓްރަކްޗަރ ޤާއިމުކޮށްދެއްވާނެ ކަމަށެވެ.

ފައިނޭންސް އަކީ، މި އިކޯސިސްޓަމްގެ އެންމެ މުހިންމު އެއްބައި. ވިޔަފާރިވެރިންނަށްވެސް އައު އީޖާދުތަކާއި ޚިދުމަތްތަކާއި ވިޔަފާރިތައް ތަރައްގީ ކުރުމަށް ބޭނުންވާ ވަސީލަތާއި ނެޓްވޯކްތައް ފޯރުކޮށްދޭންޖެހޭ. އެހެންވެ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، މާލީ އެހީތެރިކަން ލިބޭނެ ގޮތްތައް ހޯދައިދީ، ޑިޖިޓަލް ވަސީލަތްތައް ހަރުދަނާކޮށް، އިންވެސްޓްމަންޓަށް މަގުފަހިކުރުމަށް. އަދި އަމިއްލަ ވިޔަފާރިތަކަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ވިޔަފާރިތައް ފެށުމަށާއި، ކުރިއެރުމަށް އަދި ފުޅާ ދާއިރާއެއްގައި، އިންވެސްޓްކުރުމަށް ފަސޭހަ މާހައުލެއް އުފެއްދުމަށް،

      ރައީސް 

މީގެއިތުރުން، މޯލްޑިވްސް އެކްސްޕޯ ފަދަ މަންސަތައް މެދުވެރިކޮށް ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިވެރިންގެ ޤާބިލުކަން ދައްކާލުމުގެ ފުރުޞަތު ފަހިވެ، ބައިނަލްއަގުވާމީ މާކެޓްތަކަށް ވާސިލްވުމަށް މަގުފަހިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދިވެހި ޑިޖިޓަލް ވޮލެޓުތައް ތަޢާރަފުކުރުމާއި، ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންތައް ފުޅާކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ވިޔަފާރި މަންސަތަކާއެކު ވެވޭ އެއްބަސްވުންތަކުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަމަށް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން ރާއްޖެފަދަ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށެވެ. އަދި މިހާރުވެސް ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ އައު އިންވެސްޓްމަންޓްތަކާއެކު ފުރުސަތުތައް ފުޅާވަމުންދާ ކަމަށާއި، މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަށާޖެހޭ ދެމެހެއްޓެނިވި ތަރައްގީއެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450