Ads by Farudhun

ޚަބަރު

ޓުވާލޫގެ ބޮޑުވަޒީރުގެ ނައިބު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޓުވާލޫގެ ބޮޑުވަޒީރުގެ ނައިބު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޓުވާލޫގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފައިނޭންސް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮނަރަބަލް ޕަނަޕާސީ ނެލެސޯނޭ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޯގަސްޓު 2026، 06:56

23 އޯގަސްޓު 2026، 06:56

ދިވެހިރާއްޖޭގައި މިހާރު ކުރިއަށްދާ "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ގެ ހަވާސާގައި، ޓުވާލޫގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފައިނޭންސް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮނަރަބަލް ޕަނަޕާސީ ނެލެސޯނޭ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަށް އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ކުރިމަތިވެފައިވާ ނާޒުކު ހާލަތްތަކާ ގުޅޭގޮތުންނެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކުގެ އިތުރުން، ކުދި ޖަޒީރާ ޤައުމުތަކުގެ ހަޤީޤީ ހާލަތު ދައްކުވައިދޭ ބައިނަލްއަޤްވާމީ މާލީ އޮނިގަނޑެއްގެ މުހިންމުކަމާ ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ދިވެހިރާއްޖެއާއި ޓުވާލޫއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަރުޙަބާ ވިދާޅުވެ، ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި އޮގަސްޓް މަހުގެ 23 އިން 25 އަށް ކުރިއަށްދާ މި ފޯރަމަކީ، ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ތަރައްޤީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތަންވެ، ކުދި ޖަޒީރާ ޤައުމުތަކުގައި ދެމެހެއްޓެނިވި އަދި ވިލުންވެރި ތަރައްޤީއެއް ޤާއިމުކުރުމަށްޓަކައި އައު ގުޅުންތަކާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހޯދުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450