Ads by Farudhun

ޚަބަރު

ނޯވޭގެ ރަސްގެފާނު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ނޯވޭގެ ރަސްގެފާނު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ނޮވޭގެ ރަސްގެފާނު---

farudhun logo

ފަރުދުން

28 އޯގަސްޓު 2026، 07:35

28 އޯގަސްޓު 2026، 07:35

ނޯވޭގެ ރަސްގެފާނު ހިޒް މެޖެސްޓީ ކިންގް ހަރާލްޑް 5 ވަނަ އަވަހާރަވުމާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު ޖޯނަސް ގާހްރް ސްޓޯރޭއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ކިންގް ހަރާލްޑް އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވިއެވެ. އަދި މި ބޮޑު ޤައުމީ ހިތާމައިގެ ވަގުތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ނޯވޭގެ ޝާހީ ޢާއިލާއަށާއި، ސަރުކާރަށް އަދި އެ ޤައުމުގެ އެންމެހައި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ އަދާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކިންގް ހަރާލްޑް ނޯވޭއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކާއި އަދި ނޯވޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ބެހެއްޓެވި ޚާއްޞަ އަހައްމިއްޔަތުކަމަކީ އަބަދަށް ދެމިގެންދާނެ ޚިދުމަތްތަކެއްކަމަށް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރަސްގެފާނު އަވަހާރަވުމަކީ ހަމައެކަނި ނޯވޭއަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ނޫން ކަމަށާއި، އެ މަނިކުފާނުގެ ފުރިހަމަ ޚިދުމަތްތަކާއި އިޚްލާޞްތެރިކަން ބަލައިގަތް އެންމެހައި ފަރާތްތަކަށްވެސް ލިބުނު ބޮޑު ހިތާމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ކިންގް ހަރާލްޑް 5 ވަނައިގެ ހަނދާންތަކުން ޝާހީ ޢާއިލާއަށް ހިތްވަރާއި ސާބިތުކަން ލިބި، މި ހިތާމައިގެ ވަގުތުގައި ހިތާމައިގައި ބައިވެރިވާ އެންމެހައި ފަރާތްތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450