Ads by Farudhun

ޚަބަރު

ޤައުމީ ތަރައްޤީގައި ދިވެހި އިންޖިނޭރުންގެ ދައުރު ނުހަނު ބޮޑު، އަމާޒަކީ މި ދާއިރާ މުޅިން ދިވެހިވަންތަކުރުން: ރައީސް

ޤައުމީ ތަރައްޤީގައި ދިވެހި އިންޖިނޭރުންގެ ދައުރު ނުހަނު ބޮޑު، އަމާޒަކީ މި ދާއިރާ މުޅިން ދިވެހިވަންތަކުރުން: ރައީސް

އިންޖިނިއަރިންގ ކިޔަވާ ކުދިންނާއި ރައީސް ބައްދަލު ކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

30 އޯގަސްޓު 2026، 01:31

30 އޯގަސްޓު 2026، 01:31

ދިވެހިރާއްޖޭގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީގެ ދުވެލި ހަލުވިކުރުމަށްޓަކައި ދިވެހި އިންޖިނޭރުންގެ ދައުރު ނުހަނު މުހިންމު ކަމަށާއި، ސަރުކާރުގެ އަމާޒަކީ އިންޖިނިއަރިންގ ދާއިރާއަކީ ސައްތައިން ސައްތަ ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހެއްދެވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ އިންޖިނޭރުންގެ ދުވަހާ ގުޅުވައިގެން އެ ދާއިރާގެ ދަރިވަރުންގެ ޝުޢޫރުތައް އަޑުއެއްސެވުމަށް ބޭއްވި ބައްދަލުވުމެކެވެ.

މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ރަސްމީ ސިޔާސަތެއްގެ ދަށުން އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ފެށީ މި ދާއިރާއަށް ދިވެހި ޒުވާނުން ޝައުޤުވެރިކުރުވައި، ފަންނީ ދިވެހިން އިތުރުކުރުމުގެ މަތިވެރި މަޤްޞަދުގައިކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެ ފަދަ ކުޑަ އާބާދީއެއް އޮތް ޤައުމެއްގައި، އެކި ބާވަތުގެ އިންޖިނިއަރިންގ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކޮށްގެން ނުކުންނަ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ނުލިބި ތިބެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"ރާއްޖެފަދަ ކުޑަ އާބާދީއެއް އޮންނަ ތަނެއްގައި ޒުވާން ދިވެހިން އިންޖީނިއަރިން ދާއިރާއިން ކިޔަވައިގެން ނިކުމެއްޖެނަމަ ވަޒީފާ ނުލިބެންޖެހޭ ސަބަބެއް އޮވެގެންނުވާނެ. ބޭނުންވަނީ އެގޮތަށް ބަދަލުކުރަން".

 ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ދަރިވަރުން ވަނީ އިންޖިނިއަރިންގ ދާއިރާގައި ބިދޭސީން ގިނަ އަދަދަކަށް ހަރަކާތްތެރިވަމުންދާތީ، ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް ހަނިވަމުންދާކަމުގެ ކަންބޮޑުވުން ރައީސާ ހިއްސާކޮށްފައެވެ. އެކަމަށް އިޖާބަދެއްވަމުން ރައީސް ވިދާޅުވީ، ބޭރުގެ ފަރާތްތަކުގެ ބަދަލުގައި ދިވެހި ދަރިން މި ދާއިރާގެ ހުރިހާ މަޤާމުތަކަކަށް އިސްކުރެވޭނެ ފަހި މާޙައުލެއް ޤާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި ކިޔަވައިގެން ނުކުންނަ ދަރިވަރުންނަށް ފަސޭހަކަމާއެކު ވަޒީފާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

މީގެއިތުރުން، މި ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ޔުނިވަރސިޓީ މެދުވެރިކޮށް ފެންވަރު ރަނގަޅު މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ދޫކުރާ ހައި އެޗީވާސް ސްކޮލަރޝިޕްތަކާއި މަތީ ތަޢުލީމުގެ ލޯނުތައް ހަމަޖެއްސުމުގައި އިންޖިނިއަރިންގ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށާއި، ސްކޫލް ނިންމާ ދަރިވަރުން މި ފަންނަށް އަހުލުވެރިކުރުވައި، ޝައުޤުވެރިކަން އުފެއްދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450