ދުނިޔެ

ހަގީގީ ދުޝްމަނާ ދެކޮޅަށް ގަލްފުގެ ގައުމުތައް އެކަތިގަނޑަކަށް ވުމަށް ޙާމަނާއި ގޮވާލައްވައިފި

ހަގީގީ ދުޝްމަނާ ދެކޮޅަށް ގަލްފުގެ ގައުމުތައް އެކަތިގަނޑަކަށް ވުމަށް ޙާމަނާއި ގޮވާލައްވައިފި

އީރާނުގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޯގަސްޓު 2026، 03:02

30 އޯގަސްޓު 2026، 03:02

އިސްލާމީ ގައުމުތަކުގެ މެދުގައި އޮންނަ ބައިބައިވުންތަކުގެ ފައިދާ ނަގަނީ ހަގީގީ ދުޝްމަނުން ކަމަށް ވިދާޅުވެ، އެ ދުޝްމަނުންނާ ދެކޮޅަށް އެކަތިގަނޑަކަށް ވުމަށް އީރާނުގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ، އަރަބި ގަލްފުގެ ގައުމުތަކަށާއި މުޅި އިސްލާމީ އުއްމަތަށް ގޮވާލައްވައިފިއެވެ.

ކީރިތި ރަސޫލާގެ އީދު މީލާދާ ގުޅުވައިގެން ފާހަގަކުރާ "އިސްލާމީ އެއްބައިވަންތަކަމުގެ ހަފްތާ"އާ ދިމާކޮށް، އެމަނިކުފާނުގެ ޓެލެގްރާމް އެކައުންޓް މެދުވެރިކުރައްވައި ލިޔުމުން ދެއްވި މެސެޖެއްގައި ޚާމަނާއީ ވަނީ، އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް،އެކަކު އަނެކަކުގެ ދިފާއުގައި އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އެނގިގެން ނުވަތަ ނޭނގި ނަމަވެސް މުސްލިމުންގެ މެދުގައި ބައިބައިވުން އުފައްދާ ކޮންމެ ފަރާތަކީ އިސްލާމްދީނުގެ ދުޝްމަނުންނަށް އެހީތެރިވާ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، މުސްލިމުން އެއްބައިވަންތަކަން މަތީ ދެމިތިބި ނަމަ، ފަލަސްތީނުގެ ރައްޔިތުން މިފަދަ ނިކަމެތި ހާލެއްގައި ތިބެންޖެހޭނެތޯ ވެސް ޚާމަނާއީ ސުވާލު އުފެއްދެވިއެވެ.

ޚާއްސަކޮށް ގަލްފުގެ އަރަބި ވެރިންނަށް މުޚާތަބު ކުރައްވަމުން ޚާމަނާއީ ވަނީ، އިސްލާމްދީނުގެ ދިދައިގެ ދަށުން އެ ސަރަހައްދުގެ ގައުމުތަކާއި ރައްޔިތުން އެކަތިގަނޑަކަށް ވެފައިވާނަމަ، "ވަކި އައިޑެންޓިޓީއެއް ނެތް ނުބައި ބަޔަކު" އެ ގައުމުތަކުގެ ބިމާއި މުދަލަށް ދަހިވެތިވާން ކެރޭނެތޯ އެއްސެވި އެވެ.

އިސްލާމީ ގައުމުތަކުގެ ވެރިންނަށް، ޚާއްސަކޮށް ހުޅަނގު އޭޝިއާ އަދި ގަލްފުގެ ގައުމުތަކުގެ ވެރިންނަށް ތަކުރާރުކޮށް އަޅުގަނޑު ދޭން ބޭނުންވާ ނަސޭހަތަކީ، ތިޔަބޭފުޅުންގެ ހަގީގީ ދުޝްމަނަކީ ކާކުކަން ދެނެގަނެ، އެމީހުންގެ ރޭވުންތައް ދެނެގަނެ އެކަމާ ކުރިމަތިލުން،

    ޚާމަނާއީ 

އެއްބައިވަންތަކަމަށް ގޮވާލައްވައި ޚާމަނާއީ މި މެސެޖު ދެއްވާފައިވާއިރު، މިދިޔަ ހުކުރު ދުވަހު އީރާނުގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވެސް އެމަނިކުފާނު ވަނީ އިޖުތިމާއީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ކަންކަން މަނާކުރައްވައި، ގައުމީ އަދި އާންމު ރޫހު ދަށްވާ ފަދަ ވާހަކަތައް ނުދެއްކުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައި، ދިން ވައިގެ ހަމަލާތަކުގައި ކުރީގެ ރޫހީ ލީޑަރު އަދި މުޖުތަބާގެ ބައްޕާފުޅު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވި ހާދިސާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށްފަހު، ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވެއެވެ.

އީރާނުގެ 1979 ގެ އިސްލާމީ އިންގިލާބަށް ފަހު، އެ ގައުމުގެ އިންގިލާބީ ފިކުރާއި ސަރަހައްދީ ނުފޫޒަކީ ގަލްފުގެ ރަސްކަންތަކުގެ ސިޔާސީ ނިޒާމަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ ގައުމުތަކުން ދެކެމުން އައި ނަމަވެސް، މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ތެހެރާނުން ވަނީ ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އުމްރާނީ ވަސީލަތްތަކަށް ހަމަލާތައް ދީފައެވެ. މިކަމުގެ ސަބަބުން އީރާނާއި ގަލްފުގެ އަވަށްޓެރި ގައުމުތަކުގެ މެދުގައި އޮތް ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450