ކުޅިވަރު

ފުރަތަމަ މެޗުގައި ރާއްޖޭގެ ޒުވާން ފުޓުބޯޅަ ޓީމު ނިކުންނާނީ ބުރުނާއީއާ ދެކޮޅަށް

ފުރަތަމަ މެޗުގައި ރާއްޖޭގެ ޒުވާން ފުޓުބޯޅަ ޓީމު ނިކުންނާނީ ބުރުނާއީއާ ދެކޮޅަށް

ރާއްޖޭގެ ޒުވާން ޓީމު މާލޭގައި ޝެއްވި ފަރިތަކުންތަކުގެ ތެރެއިން / ފޮޓޯ: ގާފު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 އޯގަސްޓު 2026، 04:51

30 އޯގަސްޓު 2026، 04:51

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު ކުޅޭ ފުރަތަމަ މެޗުގައި ނިކުންނާނީ ބުރުނާއީއާ ދެކޮޅަށެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މިޔަންމާގެ ޔަންގޯންގައެވެ. އަދި ގްރޫޕްގެ ދެވަނަ މެޗުގައި ރާއްޖެ އާއި ބުރުނާއީ ބައްދަލުކުރާއިރު މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު، ރާއްޖެ ގަޑިން ހަވީރު 5:30 ގައެވެ. 

މި މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ބުރުނާއީގެ އިތުރުން ދެން ހިމެނެނީ އަވަށްޓެރި ސްރީލަންކާ އަދި މުބާރާތް ބާއްވާ ޤައުމު ކަމަށްވާ މިޔަންމާއެވެ.

ރާއްޖޭގެ ދެވަނަ މެޗުގައި ސެޕްޓެންބަރު މަހުގެ 3 ވަނަ ދުވަހު ވާދަކުރާނީ ސްރީލަންކާއާއެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ މިޔަންމާއާ ދެކޮޅަށެވެ. މި ގްރޫޕުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޔަންގޯންގައެވެ.

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ވަނީ މި ފަހަރުގެ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މި ފަހަރުގެ ކޮލިފިކޭޝަން މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ ދެ ފޭސްއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭސް ނުވަތަ "ޑިވެލޮޕްމަންޓް ފޭސް" ޚާއްޞަކޮށްފައިވަނީ ފީފާ ރޭންކިންގެ ދަށުގައިވާ ޤައުމުތަކުގެ މެދުގައެވެ. އަދި ދެވަނަ ފޭސް ކުޅޭނީ ރޭންކިންގެ ގޮތުން މަތީގައިވާ ޤައުމުތަކުގެ މެދުގައެވެ.

އޭއެފްސީގެ މި އައު އޮނިގަނޑުގެ ދަށުން ރާއްޖެ ހިމެނިފައިވަނީ "ޑިވެލޮޕްމަންޓް ފޭސް" ގައެވެ. މި ފޭސްގެ މެޗުތައް ކުރިއަށް ގެންދަނީ ޖުމްލަ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450