Ads by Farudhun

ޚަބަރު

"ވެރިކަމާ ހަވާލުވުމަށްފަހު ސަރުކާރުން އެންމެ އިސްކަމެއްދިނީ ހުއްޓިފައި ހުރި މަޝްރޫޢުތަކުގެ ދުވެލި އަވަސްކުރުމަށް"

"ވެރިކަމާ ހަވާލުވުމަށްފަހު ސަރުކާރުން އެންމެ އިސްކަމެއްދިނީ ހުއްޓިފައި ހުރި މަޝްރޫޢުތަކުގެ ދުވެލި އަވަސްކުރުމަށް"

ރައީސް މުޢިއްޒާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ތިލަމާލޭގެ ބްރިޖަށް ޒިޔާރަތް ކުރެއްވުން. ފޮޓޯ: ވަގުތު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޯގަސްޓު 2026، 07:06

30 އޯގަސްޓު 2026، 07:06

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހުރީ ހުއްޓިފައި ކަމަށާއި، ސަރުކާރުން އެންމެ އިސްކަމެއް ދިނީ އެ މަޝްރޫޢުތަކުގެ ދުވެލި އަވަސްކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލެ އާއި ވިލިމާލެ ގުޅުވާލަދޭ ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ބައްލަވާލައްވައި، ބުރިޖުގައި ކުރިއަށްގެންދިޔަ ހިންގާލުމުގެ ތެރެއިން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ. ރައީސް ވިދާޅުވީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔުމަށް ސަރުކާރުން ދެއްވާ އަހައްމިޔަތުކަން ތިލަމާލޭ ބުރިޖުގެ މަސައްކަތުން ހާމަވާ ކަމަށެވެ.

އަޅުގަނޑުމެން ވެރިކަމާ ހަވާލުވެ މަޝްރޫއުތައް އަވަސް ކުރުމަށް މަސައްކަތް ކުރިން. އެގޮތަށް ހަމަ ހުއްޓިފައިވާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަޝްރޫއުތަކުގެ މަސައްކަތްތައް މިވަނީ ނިންމާލެވިފައި. މީގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތާއި، ހަނިމާދޫ އެއާޕޯޓުގެ މަސައްކަތްތައްވެސް އެބަ ހިމެނޭ.  

ވެރިކަމާ ހަވާލުވެ މަޝްރޫއުތައް އަވަސްކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނިންމާލެވުނު މުހިންމު މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރު ވެރިކަމާ ހަވާލުވީއިރު ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ދިޔައީ އެހާ ބާރު ދުވެއްޔެއްގައި ނޫން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް އިންޑިއާ ސަރުކާރާއި ގުޅިގެން މި މަޝްރޫއުގެ ދުވެލި އަވަސްކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު ކަމަށް ވިދާޅުވެ، އެކަމަށްޓަކައި އިންޑިއާ ސަރުކާރަށާއި، އިންޑިއާ ސަފީރަށާއި އަދި ބިނާރާބެހޭ ވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޝްރޫއުގެ ކޮންޓްރެކްޓަރ އެފްކޮންސްއިން މިވަގުތުވެސް ބުރިޖުގެ މަސައްކަތްތައް ބާރަށް ކުރިއަށްގެންދާ ކަމަށާއި، މިހާރު ބުރިޖު އެއްކޮށް ގުޅާލެވިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ބުރިޖުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ތިލަމާލެ ބުރިޖަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ މުހިންމު މަޝްރޫއެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450