Ads by Farudhun

ޚަބަރު

މަސްވެރިކަމުގެ ޤާނޫނަށް ގެނައި މުހިންމު އސްްލހުުތަކުގެ ބިލު ރައީސް ތަސްދީޤު ކުރައްވައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނައި މުހިންމު އސްްލހުުތަކުގެ ބިލު ރައީސް ތަސްދީޤު ކުރައްވައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުައިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

31 އޯގަސްޓު 2026، 02:22

31 އޯގަސްޓު 2026، 02:22

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި މުހިންމު އިސްލާހުތައް ހިމެނޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 59 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މަޖިލީހުގެ ތަޅުމުން މި ބިލު ފާސްކޮށްފައިވަނީ ކަމާބެހޭ ކޮމިޓީން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ލިބުނު ޚިޔާލުތަކާއެކު ބިލު ފުރިހަމައަށް ދިރާސާކުރުމަށްފަހު ހުރިހާ މެންބަރުންގެ އިއްތިފާޤުން ކޮމިޓީ މަރުހަލާ ނިންމުމަށްފަހުގައެވެ.

މި އިސްލހުުތަކަކީ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ގެނެވުނު މުހިންމު ބަދަލުތަކެކެވެ. އެގޮތުން ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ މަސްވެރި އުޅަނދުފަހަރާއި އެފަދަ ފަރާތްތަކާ މެދު އިދާރީ ފިޔަވަޅު އެޅުމުގެ ބާރު މި އިސްލާހުގެ ދަށުން ވަނީ ތަންމަތިކޮށްދީފައެވެ. އަދި މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރުމުގެ އުސޫލުތައް މުރާޖަޢާކޮށް، މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ހުއްދަތަކުގެ ބާވަތްތައް ކަނޑައެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ރާއްޖޭގެ ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމުގެ ގޮތުން، ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން ކުރުމަކީ ޤާނޫނީ ބޮޑު ކުށެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ކަނޑައެޅޭ ޖޫރިމަނާތަކާއި އަދަބުތައް ވެސް މި ޤާނޫނުގެ ދަށުން ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު ތަންފީޒުކުރުމަށް ހުރި ހުރަސްތައް ނެތިގޮސް، ޒިންމާދާރު އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450