Ads by Farudhun

ޚަބަރު

ފުލުހުންގެ ޚިދުމަތުގެ ހަރުދަނާކަމަކީ މި ޤައުމުގެ އިތުބާރާއި ގުޅުންހުރި ކަމެއް: ރައީސް

ފުލުހުންގެ ޚިދުމަތުގެ ހަރުދަނާކަމަކީ މި ޤައުމުގެ އިތުބާރާއި ގުޅުންހުރި ކަމެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

01 ސެޕްޓެމްބަރު 2026، 06:07

01 ސެޕްޓެމްބަރު 2026، 06:07

ދިވެހި ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ، ދިވެހި ރައްޔިތުންނަށާއި، މި ފަސްގަނޑުގައި ފައި ބީއްސާ ކޮންމެ ބިދޭސީއަކަށާއި، އަދި ދުނިޔޭގެ ކުރިމަތީގައިވެސް މި ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް ނުހަނު މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. މި މުނާސަބަތުގައި އެމަނިކުފާނު ވަނީ ފުލުހުންގެ މުއައްސަސާގެ އެހާރާއި މިހާރުގެ އެންމެހައި ޚިދުމަތްތެރީންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސްގެ މެސެޖުގައި، ޤައުމުގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމުގައި ފުލުހުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޚިދުމަތް ހަރުދަނާވުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އިތުރުން މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކުރިމަތީގައިވެސް ރާއްޖެއާމެދު އޮންނަ އިތުބާރާއި ޤަދަރު އުފުލިގެންދާނެ ކަމެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.



މީގެއިތުރުން، ފުލުހުންގެ ޚިދުމަތުގެ ލަނދުދަނޑިތައް ޙާޞިލްކުރުމަށްޓަކައި، އެ ޢަޒުމާއި އެ ރޫޙުގައި މި އަމާޒު ޙާޞިލްވާކަން ކަށަވަރުކޮށްދިނުންމަތީ އަބަދުމެ ހިންމަތާއި އިޚްލާޞްތެރިކަމާއެކު ދެމިތިބުމަށް ހުރިހާ ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450