Ads by Farudhun

ޚަބަރު

އައިޓީއެފްގެ ސީއީއޯ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އައިޓީއެފްގެ ސީއީއޯ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އައިޓީއެފްގެ ސީއީއޯ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

06 ސެޕްޓެމްބަރު 2026، 08:18

06 ސެޕްޓެމްބަރު 2026، 08:18

އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)، އިންޖިނިއަރ އަދީބް ޔޫސުފް އަލް-އާމާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ރާއްޖެއާއި އައި.ޓީ.އެފް.ސީ އާ ދެމެދު އިޤްތިޞާދީ ގޮތުން އޮތް އެއްބާރުލުން އިތުރުކުރުމަށާއި، ވިޔަފާރީގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމާ ގުޅޭގޮތުންނެވެ. މީގެއިތުރުން، ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި، ޤައުމުގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

އައި.ޓީ.އެފް.ސީ އަކީ ޒަމާނުއްސުރެ ރާއްޖޭގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ މުއައްސަސާއެކެވެ. އެގޮތުން، 2005 ވަނަ އަހަރުން ފެށިގެން އެ ކޯޕަރޭޝަންގެ އެހީތެރިކަން ދިވެހިރާއްޖެއަށް އަންނަނީ ލިބެމުންނެވެ. ރާއްޖެއަށް ފުރަތަމަ އައި.ޓީ.އެފް.ސީގެ އެހީތެރިކަން ލިބިފައިވަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) ގްރޫޕުން ފޯރުކޮށްދިން އެހީގެ ތެރެއިންނެވެ. އަދި އޭގެ ފަހުން ވޭތުވެދިޔަ އަހަރުތަކުގައި އެކި ފަހަރު މަތިން ރާއްޖެއަށް ވަނީ ޓްރޭޑް ފައިނޭންސިންގ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދިވެހިރާއްޖެއާއި އައި.ޓީ.އެފް.ސީ އާ ދެމެދު އޮތް ޒަމާންވީ އަދި ގާތް ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިކޮށް، ދެފަރާތުގެ އެއްބާރުލުން ދެމެހެއްޓެވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެބޭފުޅުން ވަނީ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450