Ads by Farudhun

ޚަބަރު

ފެނަކައާއި އާރްޑީސީ އުވާލައި ސްޓެލްކޯ އަދި އެމްޓީސީސީއާ އެއްކޮށްލަން ސަރުކާރުން ނިންމައިފި

ފެނަކައާއި އާރްޑީސީ އުވާލައި ސްޓެލްކޯ އަދި އެމްޓީސީސީއާ އެއްކޮށްލަން ސަރުކާރުން ނިންމައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

07 ސެޕްޓެމްބަރު 2026، 02:12

07 ސެޕްޓެމްބަރު 2026، 02:12

ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލުމަށް ސަރުކާރުން މިއަދު ނިންމައިފިއެވެ.

 މީގެ ތެރެއިން ފެނަކަ އެއްކޮށްލުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯއާއެވެ. އަދި އާރްޑީސީ އެއްކޮށްލާނީ އެމްޓީސީސީއާއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފެނަކައަކީ ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުގައި ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކުންފުންޏެއްކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުތަކުން ސާފުވާން އެބައޮތް ކަމަށެވެ. އެ ކުންފުނި އިސްލާހުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އެއީ ފަންނީ ގޮތުން ބަލާއިރު ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ފަންނީ މާހިރުން ލަފާދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ނިންމާފައިވާނީ ފެނަކަ އުވާލައި ސްޓެލްކޯއާއި އެއްކޮށްލަން. އެހެންމަ މުޅި ރާއްޖޭގައި ހިދުމަތްދޭނީ ސްޓެލްކޯއިން މި ޕްރޮސެސް ނިމުނީމަ. ފެނަކައިގެ މުޅި މަސައްކަތް ސްޓެލްކޯއަށް ބަދަލުކޮށް ފެނަކަ އުވާލެވިގެންދާނެ"

 ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ފެނަކަ އުވާލުމަށްފަހު، އެ ކުންފުނީގެ ހުރިހާ މަސައްކަތްތަކާއި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާ ނިމުމުން، މުޅި ރާއްޖެއަށް ޔުޓިލިޓީ ޚިދުމަތް ދޭނީ ސްޓެލްކޯއިން ކަމަށެވެ.

މީގެ އިތުރުން، އާރްޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލުމަށް ނިންމެވި ސަބަބު ބަޔާންކުރައްވަމުން ރައީސް ފާހަގަކުރެއްވީ، އެ ދެ ކުންފުނިން ވެސް ކުރަމުންދަނީ އެއް މަސައްކަތްތަކެއް ކަމަށެވެ. ޚާއްސަކޮށް މަގުހެދުމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދެ ކުންފުނިން ވަކިން ކުރުމަކީ ވަސީލަތްތައް ފުށުއަރައި، ދައުލަތަށް ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އާރްޑީސީން ކުރަމުން ދަނީ މައިގަނޑު ގޮތެއްގައި މަގުހެދުމުގެ މަސައްކަތް. އެމްޓީސީސީއަކީ ވެސް މަގު ހަދާ އަދި އެހެން އުމްރާނީ މަސައްކަތް ވެސް ކުރާ ކުންފުންޏެއް. ޑުޕްލިކޭޝަން ވަރަށް ގިނަ، ހަރަދު ވަރަށް ގިނަ. އެހެންވީމަ އެފިޝިއެންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތް ފޯރުކޮށްދިނުމަށް މި ބަދަލު ގެންނަނީ."

ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ބަދަލާއެކު އެމްޓީސީސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބޮޑުވެގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާހުރި، ހަރުދަނާ ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ކުންފުނިތައް އެއްކޮށްލައި، "ރައިޓްސައިޒް" ކުރުމުގެ ސިޔާސަތުގެ ދަށުން، ކުންފުނިތަކުގައި އިތުރަށް ތިބި މުވައްޒަފުންގެ އަދަދު މަދުކުރެވިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450