Ads by Farudhun

ޚަބަރު

އިޙުތިރާމު އަދާކުރުމުގެ 5 އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލު ސަރުކާރުން ހާމަކުރައްވައިފި

އިޙުތިރާމު އަދާކުރުމުގެ 5 އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލު ސަރުކާރުން ހާމަކުރައްވައިފި

ރައީސުލްޖުމުހޫރިއްޔާގެ ލެބިނެޓާއި އެކު ބައްދަލު ކުރެއްވުން - ފޮޓޯ: ެައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

08 ސެޕްޓެމްބަރު 2026، 11:52

08 ސެޕްޓެމްބަރު 2026، 11:52

ދިވެހި މުޖުތަމަޢުގައި ޒަމާނުއްސުރެ އޮތް ރިވެތި އަދަބު އަޚްލާޤާއި އެކަކު އަނެކަކަށް އިޙުތިރާމުކުރުމުގެ މަތިވެރި ސިފަ އަލުން ދިރުވައި އާލާކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފައްޓަވާ 5 އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢުގެ މުހިންމު ތަފްޞީލުތައް ސަރުކާރުން މިއަދު ރަސްމީކޮށް ހާމަކުރައްވައިފިއެވެ.

މި މަޝްރޫޢު މުޅި ރާއްޖެއަށް ޢާންމުކޮށް ހިންގެވުމަށް ނިންމެވީ، މި ސެޕްޓެންބަރު މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި ނިންމެވުން ނިންމަވާފައިވަނީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މެންބަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ސަރުކާރުން ހާމަކުރެއްވި ގޮތުގައި، މި ޤައުމީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި ޝިޢާރުގެ ދަށުންނެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހީންގެ މެދުގައި އޮތް އެކުވެރިކަމާއި، ކަމޭހިތުމާއި، އެއްބަޔަކު އަނެއް ބަޔަކަށް އިޙުތިރާމުކުރުމުގެ އިސްލާމީ އަދި ޤައުމީ އާދަކާދަތައް މުޖުތަމަޢުގައި އަލުން ހަރުދަނާކޮށް އާލާކުރުަށެވެ.

މި ބޮޑު މަޝްރޫޢު އެންމެ ފުރިހަމަ ގޮތުގައި ރާވައި، ވިލަރެސްކޮށް އަދި ހިންގުމަށްޓަކައި މި ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ގޮތަށް 9 މެންބަރުންގެ ޚާއްޞަ ކޮމިޓީއެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑައަޅުއްވާފައެވެ. މި ކޮމިޓީގައި ދަޢުލަތުގެ މުހިންމު ވުޒާރާތަކާއި ދައުލތުގެ މީޑިއާ ތަމްސީލުވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)

މީގެއިތުރުން، މި މަޝްރޫޢަށް ޢާންމުންގެ ސަމާލުކަން އިތުރުކުރުމަށާއި، މިކަމުގެ މުހިންމުކަން މުޖުތަމަޢުގައި އަށަގެންނެވުމުގެ ގޮތުން ކޮންމެ އަހަރަކު އެއްފަހަރު "ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް" ގެ ނަމުގައި ޤައުމީ ފެންވަރުގެ ޚާއްޞަ ދުވަހެއް ފާހަގަކުރުމަށްވެސް ވަނީ ނިންމަވާފައެވެ. އަދި މި ދުވަސް ވެގެންދާނީ މި 5 އަހަރުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރެވިގެންދާ ތާރީޚީ ދުވަހަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450