ކުޅިވަރު

ނިއު ރޭޑިއަންޓާއި ގައްދޫ އެ ރަށުގައި ކުޅެން އޮތް މެޗު ވިއްސާރަވުމުން ފަސްކޮށްފި

ނިއު ރޭޑިއަންޓާއި ގައްދޫ އެ ރަށުގައި ކުޅެން އޮތް މެޗު ވިއްސާރަވުމުން ފަސްކޮށްފި

ނިއު ރޭޑިއަންޓުން ގައްދޫގައި ބޭއްވި ފަރިތަކުރުމެއްގެ ތެރެއިން / ފޮޓޯ: ނިއު ރޭޑިއަންޓް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 ސެޕްޓެމްބަރު 2026، 05:13

11 ސެޕްޓެމްބަރު 2026، 05:13

ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ގދ. ގައްދޫ އެ ރަށުގައި ކުޅެން ތާވަލުކުރި ތާރީޚީ މެޗު، މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.

މިއަދު ހަވީރު 16:00 ގައި ކުޅުމަށް ތާވަލުކުރި މި މެޗު ކުޅެވޭގޮތް ނުވީ، ގައްދޫއަށް ވެހުނު ބޯ ވާރޭގެ ސަބަބުން އެ ރަށު ދަނޑުގައި ފެންބޮޑުވެ، ކުޅުމަށް އެކަށީގެންވާ ހާލަތެއް ނެތުމުންނެވެ. 

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަޢުލޫމާތު ދޭ ގޮތުގައި މި މެޗު ދެން ކުޅޭނެ ސީދާ ތާރީޚެއް ފަހުން ނިންމައި އިޢުލާނު ކުރާނެއެވެ.

މިއަދު ކުޅެން އޮތް މެޗަކީ ރާއްޖޭގެ ފުޓުބޯޅައިގެ ތާރީޚުގައި ވެސް ދިވެހި ލީގުގެ މެޗެއް މާލެއިން ބޭރުގައި ކުޅޭ ފުރަތަމަ ފަހަރަށް ވުމުން، މިއީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ތާރީޚީ މެޗެކެވެ.

އެފްއޭއެމުން ރާއްޖޭގެ ފުޓުބޯޅައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، އަތޮޅުތެރޭގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުން އަތޮޅުތެރޭގެ ދެ ޓީމަކަށް ވަނީ ޖާގަ ލިބިފައެވެ. އެއީ ގދ. ގައްދޫގެ އިތުރުން ހއ. ދިއްދޫއެވެ.

ދިވެހި ޕްރިމިއަރ ލީގު 2026/27 ފަށާފައިވަނީ ރޭގައެވެ. ރޭ ކުޅުނު ލީގުގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބާ ވާދަކޮށް، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ ތިން ޕޮއިންޓު ހޯދާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450