Ads by Farudhun

ޚަބަރު

ސަރުކާރުން "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް" ގެ ނަމުގައި ކުންފުންޏެއް އުފައްދައިފި

ސަރުކާރުން "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް" ގެ ނަމުގައި ކުންފުންޏެއް އުފައްދައިފި

ރައީސް އޮފީސް - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

12 ސެޕްޓެމްބަރު 2026، 06:53

12 ސެޕްޓެމްބަރު 2026، 06:53

ދިވެހިރާއްޖޭގައި ވަޤުފް ބިނާތަކާއި މިސްކިތްތައް ތަރައްޤީކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ހަރުދަނާ އުޞޫލަކުން ހިންގެވުމަށްޓަކައި، "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ އައު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ކުންފުނި ވުޖޫދަށް ގެންނަވާފައިވަނީ ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު 2023/7) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ބާރުގެ ދަށުން، ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/14 މެދުވެރިކޮށެވެ.

މި ކުންފުނި އުފެއްދެވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދީނީ އެކި ކަންކަމަށް ހޭދަކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފް އިމާރާތްތައް ބިނާކުރުމާއި، އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމެވެ. އަދި ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން މިފަދަ ވަޤުފް މަޝްރޫޢުތައް ފުޅާކުރުމަށްވެސް ކުންފުނިން އިސްކަންދޭނެއެވެ.

މީގެއިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސްކިތްތައް ޢިމާރާތްކުރުމާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވައި ބެލެހެއްޓުމުގެ އިތުރުން، މިސްކިތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފުރިހަމަކޮށްދިނުމަކީވެސް މި ކުންފުނީގެ މަސްއޫލިއްޔަތެކެވެ. ހަމައެއާއެކު، އިސްލާމީ ޝަރީޢާ ހުއްދަކުރާ ވިޔަފާރީގެ މުޢާމަލާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގައި، އާމްދަނީ އުފެއްދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މި ކުންފުނިން ކުރިއަށް ގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450