Ads by Farudhun

ޚަބަރު

ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން - ރައީސް

ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން - ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

12 ސެޕްޓެމްބަރު 2026، 07:08

12 ސެޕްޓެމްބަރު 2026، 07:08

ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވައި މިއަދު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ 900 އަހަރު ފުރިފައިވާއިރު، ވޭތުވެދިޔަ ހުރިހާ ޖީލުތަކެއްވެސް ދިރިއުޅެފައިވަނީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ އަސާސަކީ އަދި ތަނބަކީ މާތްވެގެންވާ އިސްލާމްދީން ކަމުގައި ފުރިހަމައަށް ޤަބޫލުކޮށްގެން ކަމަށެވެ. އަދި މި މަތިވެރި ނިޢުމަތަށްޓަކައި މާތްﷲ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދިވެހިންގެ ދިރިއުޅުމުގެ އާދަކާދަތަކާއި، އެންމެހައި މުޢާމަލާތުތަކުގައިވެސް އިސްލާމީ ޘަޤާފަތާއި އުސޫލުތައް ހިފަހައްޓާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަމާ ދެކޮޅަށް ތެދުވި ކޮންމެ ދުޝްމަނަކާ ދެކޮޅަށް ދިވެހީން އަބަދުވެސް ނުކުތީ ﷲ ގެ މަގުގައި ޖިހާދުކުރުމުގެ މަތިވެރި ޢަޒުމުގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހިޖުރީގޮތުން މި ވޭތުވި 9 ޤަރުނުގެ ތެރޭގައި ދިވެހި ޤައުމު ހާސިލުކުރި ކޮންމެ ކާމިޔާބީއަކާއި، ތަހުޒީބާއި، ފާގަތިކަމެއްގެ މައިގަނޑު ސިއްރަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި މި މާތް ދީނަކީ ދިވެހިރާއްޖޭގެ އިއްޔެއާއި، މިއަދާއި، އަދި އަންނަން އޮތް މާދަމާގެވެސް ސަލާމަތާއި ރައްކާތެރިކަން ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މާތްﷲ ގެ ރަޙްމަތާއި ބަރަކާތުން ފުރިގެންވާ މި އުފާވެރި މުނާސަބަތުގައި ރައީސް ވަނީ ހުރިހާ ދިވެހި ރައްޔިތުންނަށް ހެޔޮ ދުޢާތައް އަރިސްކުރައްވާފައެވެ. އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހީންނަކީ އަބަދުމެ މުސްލިމުންގެ ގޮތުގައި ލެހެއްޓެވުމަށާއި، އިސްލާމްދީނުގެ ހިޔަލުގައި މި ލޮބުވެތި ވަޠަނަށް އަބަދުވެސް ރައްކާތެރިކަމާއި، ޢިއްޒަތާއި މަތިވެރިކަން އިތުރުކޮށްދެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450