Ads by Farudhun

ޚަބަރު

ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި މެލޭޝިއާއަކީ މުހިންމު ބައިވެރިއެއް: ރައީސް

ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި މެލޭޝިއާއަކީ މުހިންމު ބައިވެރިއެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

15 ސެޕްޓެމްބަރު 2026، 05:22

15 ސެޕްޓެމްބަރު 2026، 05:22

ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތްތައް ބިނާކޮށް ތަރައްޤީކުރުމުގައި މެލޭޝިއާއަކީ ނުހަނު މުހިންމު އަދި އަގުހުރި ބައިވެރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިހާރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.

ރަސްމީ ވާހަކަތަކަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ބޮޑުވަޒީރު އަންވަރުގެ މި ދަތުރުފުޅަކީ ވޭތުވެދިޔަ އަހަރުގެ އޭޕްރީލް މަހު އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެކެވުނު ވާހަކަތަކުގެ ފޮނި ނަތީޖާއެވެ. އަދި މި ޒިޔާރަތުގެ ސަބަބުން، ދެ ޤައުމުގެ ދެމެދުގައި އޮތް 58 އަހަރުވީ ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިވެ، އާ އުސްމިންތަކަކަށް ވާސިލުވެގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ދިފާޢީ ދާއިރާއިންނާއި އިސްލާމީ ކަންކަމާ ގުޅޭ ދާއިރާއިން މުހިންމު ދެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް އިސްތިރާޖީ ގުޅުން ކުރިއަށްވުރެ ވަރުގަދަވެގެންދާނެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ މުހިންމު ދެ ދާއިރާއަކުން އެއްބަސްވުމުގައި ސޮއިކުރެވިގެން ދިޔަ މަންޒަރު. އެއީ ދިފާއީ އަދި އިސްލާމީ ދާއިރާގެ މުހިންމު ދެ އެއްބަސްވުމުގައި. މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ އިސްތިރާޖީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ."

 ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް (އެމްޓީސީޕީ) މެދުވެރިކޮށް ރާއްޖެއަށް ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވައި ރައީސް ވަނީ މެލޭޝިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމާއި، ދިވެހިންނަށް ވިސާގެ ކަންކަމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން ބޮޑުވަޒީރު އަންވަރާއެކު އެދެވޭ މަޝްވަރާތަކެއް ކުރެވުނު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދެ ލީޑަރުންގެ މި މަޝްވަރާތަކުގައި، ދެ ޤައުމުގެ ލާބައާއި މަންފާއަށްޓަކައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އިތުރުން، އދ. އާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަދި ކޮމަންވެލްތު ފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންވެސް ވަނީ ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450