Ads by Farudhun

ޚަބަރު

ސިޔާސީ ގޮތުން ބަދަލުހިފުމަށް މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ: ރައީސުލްޖުމްހޫރިއްޔާ

ސިޔާސީ ގޮތުން ބަދަލުހިފުމަށް މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 ސެޕްޓެމްބަރު 2026، 08:34

16 ސެޕްޓެމްބަރު 2026، 08:34

ސިޔާސީ ގޮތުން ބަދަލުހިފުމަށް އަދުގެ ސަރުކާރުން އެއްވެސް ގޮތަކަށް މަސައްކަތްކޮށްފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ  ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވި، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީއެންސީގެ، މަތީ މަޖިލިސް ރަސްމީކޮށް ފެށުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި  ވާހަކަފުޅުދައްކަވަމުންނެވެ. 

މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވަނީ، ޤައުމީ މަސްލަހަތު އިސްކޮށް، ޤައުމީ ކަންކަމުގައި އެއްބަހެއް ބުނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ޤައުމަށް ހަމަޖެހުން އަންނާނީ އޭރުން ކަމަށާއި، އެމަނިކުފާނުގެ އަމާޒަކީ، ހަޤީޤީ މާނައިގައި ގައުމަށް ހަމަޖެހުން ގެނެސްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ، ޕީއެންސީގެ ސަރުކާރުން ސިޔާސަތުތައް ތަންފީޒު ކުރަމުންދާއިރު، ދިވެހިރާއްޖޭގައި ސިޔާސީ ގޮތުން އޮންނާނީ ހަމަޖެހުން ގާއިމުކުރެވިފައި ކަމަށް ވިދާޅުވެފައެވެ.

"3 އަހަރު ވަނީ ސަރުކާރަށް. އެއްވެސް ސިރާސީ ލީޑަރެއް ޖަލަކަށް ނުލަން. ސިޔާސީ ގޮތުން ބަދަލުހިފުމުގެ އެއްވެސް ކަމެއް ނުކުރަން. މިހާރު އެއްވެސް ސިޔާސީ ލީޑަރަކަށް ނޯންނާނެ އެއްވެސް ބިރުވެރިކަމެއް އެބޭފުޅަކު ބޭނުންވެލައްވާ ސިޔާސީ މަސައްކަތެއް ކުރުމުގައެއް."

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނުކުފާނު ބޭނުންފުޅުވެލެއްވީ ޤައުމަށް ހަމަޖެހުން ގެނައުމަށް ކަމަށާއި، މަސައްކަތްޕުޅު ބައްޓަންކުރައްވަނީ އެގޮތުގެ މައްޗަށް ކަމުގައި ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި އެއްވެ އުޅުމަށް އެއްވެސް ހުރަހެއް މިހާރު ނޯންނާނެ ކަމަށާއި، ކުރީބައިގައި އެންގުމަކާއި ނުލައި ވެސް އެއްވެ އުޅެވޭނެކަން ރައިސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ، އިސްލާމް ދީނުގައި ބަޔާންވެވިފައިވާ މިންގަނޑުގެ ތެރެއިން، ޚިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ވެސް އަދުގެ ސަރުކާރުން ފަހިކޮށްދީފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި ޕީއެންސީގެ ސިޔާސަތަކީ ހަގީގީ ގޮތުގައި ތަރައްގީ ގެނެސްދިނުން ކަމަށާއި، ގެންނަވާނީ، ވަށާޖެހޭ ހަގީގީ ތަރައްގީއަކާއި ހަމަޖެހުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450