ކުޅިވަރު

އޮޑި ސްޕޯޓްސްއިން ކޯޗު ގްރެގޯރިއޯ ދޫކޮށްލައިފި

އޮޑި ސްޕޯޓްސްއިން ކޯޗު ގްރެގޯރިއޯ ދޫކޮށްލައިފި

އޮޑި ސްޕޯޓްސްގައި ކުރިން ހުރި ކޯޗު ގްރެގޯރިއޯ / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 ސެޕްޓެމްބަރު 2026، 09:58

18 ސެޕްޓެމްބަރު 2026، 09:58

މި ސީޒަނުގައި އޮޑި ސްޕޯޓްސް ކްލަބާ ހަވާލުވި ޕޯޗުގަލްގެ ކޯޗު ރުއީ ގްރެގޯރިއޯ އެ ކްލަބުން ދޫކޮށްލައިފިއެވެ.

އޮޑި ސްޕޯޓްސް ކްލަބުން މައުލޫމާތު ދޭ ގޮތުގައި ގްރެގޯރިއޯ އެ ޓީމުގެ ކޯޗުކަމުން ވަކިވެފައިވަނީ އޭނާގެ އަމިއްލަ އެދުމުގެ މަތިންނެވެ. އޭނާ ކްލަބް ދޫކޮށް ދިއުމާ ގުޅިގެން، ޕްރެމިއާ ލީގުގައި މިދިޔަ ބުރާސްފަތި ދުވަހު ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް އޮޑިން ކުޅުނު މެޗުގައި އެ ޓީމަށް އިރުޝާދު ދީފައިވަނީ ސީނިއަރ އެސިސްޓެންޓް ކޯޗު އަހުމަދު ފައްރާހް (ފައްރަ) އެވެ.

ޕޯޗުގަލްގެ ކޯޗު ގްރެގޯރިއޯ އޮޑި ސްޕޯޓްސް ކްލަބާ ހަވާލުވީ މި ސީޒަނުގެ ކަޕް ވިނާސް ކަޕުގެ މެދުތެރެއިންނެވެ. އެ މުބާރާތް އޮޑިން ނިންމާލީ ތިންވަނައިގައި އޮވެގެންނެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން އޮޑިން އެންމެ ފަހުން ކުޅެފައިވަނީ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި މެޗެވެ.

ކޯޗު ވަކިވުމާ ގުޅިގެން، އޮޑި ސްޕޯޓްސްއިން މިހާރު ދަނީ އެ ޓީމަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މި ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން އޮޑި ސްޕޯޓްސްއިން މީގެ ކުރިން ވަނީ ސްޕެއިންގެ މަޝްހޫރު ކްލަބް ރެއާލް މެޑްރިޑަށް ކުރިން ކުޅުނު މިޑްފީލްޑަރު ހޯސޭ ރޮޑްރިގޭޒްގެ ސޮއި ހޯދުމަށްވެސް މަސައްކަތް ކޮށްފައެވެ. އެގޮތުން ރޮޑްރިގޭޒް ރާއްޖެ އައި ނަމަވެސް، ރާއްޖޭގެ ފުޓުބޯޅައިގެ ވަސީލަތްތައް ނެތް ކަމަށް ބުނެ އޭނާ ވަނީ އެއްބަސްވުމުގައި ސޮއިނުކޮށް ފުރައިގެން ގޮސްފައެވެ. އެގޮތުން އޭނާ އެންމެ ބޮޑަށް ފާހަގަކުރި މައްސަލައަކީ ޓާފް ދަނޑުގައި ޕްރެކްޓިސްކޮށްފައި، ވިނަ ދަނޑުގައި މެޗު ކުޅެން ޖެހުމުގެ ސަބަބުން ކުޅުންތެރިންނަށް ދިމާވާ ދަތިތަކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450