ކުޅިވަރު

އެޓޯލް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އެޓޯލް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ގައްދޫއިން ދިވެހި ޕްރިމިއަރ ލީގު ކޮލިފިކޭޝަން މެޗެއް ނިންމުމަށްފަހު / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

20 ސެޕްޓެމްބަރު 2026، 03:22

20 ސެޕްޓެމްބަރު 2026، 03:22

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 2026/2027 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ކަލަންޑަރުގައި ހިމެނޭ "އެޓޯލް ފުޓްބޯލް ޗެމްޕިއަންޝިޕް" ގައި ބައިވެރިވުމުގެ ފުރުޞަތު ރަށްތަކަށް ރަސްމީކޮށް ހުޅުވާލައިފިއެވެ.

އެފްއޭއެމުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ 17 އޮކްޓޫބަރު 2026 ގައެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ފޯރި ގަދަކޮށް، ރަށްރަށުގެ ހުނަރުވެރި ކުޅުންތެރިންނަށް ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ރަށްތަކުން، 20 ސެޕްޓެމްބަރު 2026 ގެ ކުރިން ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންޖެހެއެވެ. ލިޔެކިޔުންތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެފްއޭއެމްއިން އެކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

އެފްއޭއެމުން އިތުރަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވެ، ޓީމުތައް ކަށަވަރުވުމުން އެކި ރީޖަންތަކުގައި މެޗުތައް ކުޅޭނެ ތާރީޚުތައް ފަހުން އިޢުލާނުކުރެވޭނެއެވެ.

މިއީ މިގޮތަށް އެފްއޭއެމްއިން ބާއްވާ ދެވަނަ މުބާރާތެކެވެ. ފޯމެޓަށް ގެނައި ބަދަލާއެކީ މިދިޔަ އަހަރު ބޭއްވި އެޓޯލް ފުޓްބޯލް ޗެމްޕިއަންޝިޕުން ތިން ޓީމެއް ވަނީ ދިވެހި ޕްރިމިއަރ ލީގުން ޖާގަ ހޯދާފައެވެ. އެގޮތުން ނޯތު ރީޖަން އާއި ސައުތު ރީޖަންއިން އައި ދިއްދޫ އާއި ގައްދޫ މިހާރު ދިވެހި ލީގުގައި ކުޅެމުންދާއިރު، ބިސްބުރު ސްޕޯޓްސްއަކީ މާލޭ ރީޖަނަލް ލީގުން ދިވެހި ލީގަށް ކޮލިފައިވި ޓީމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450