ކުޅިވަރު

އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އާޓެޓާ ނިންމައިފި

އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އާޓެޓާ ނިންމައިފި

އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ / ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 ސެޕްޓެމްބަރު 2026، 05:11

22 ސެޕްޓެމްބަރު 2026، 05:11

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އެއްބަސްވެއްޖެއެވެ.

ސްޕެއިނަށް އުފަން އުމުރުން 42 އަހަރުގެ އާޓެޓާ، އާސެނަލްއާއެކު މިހާރު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާން އޮތް ނަމަވެސް، އެއްބަސްވުން އައުކުރުމުގެ މަޝްވަރާތައް ކުރިއަށްދާތާ މިހާރު ގިނަ މަސްތަކެއް ވެއްޖެއެވެ. ދެފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އައުމާ ވަރަށް ގާތްވެފައިވާ ކަމަށް މި މަހުގެ ކުރީކޮޅު ބައިނަލްއަޤުވާމީ ނޫސްތަކުން ވެސް ވަނީ ރިޕޯޓްކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާޓެޓާ މިހާރު ވަނީ އާސެނަލްގައި މަޑުރުމަށްޓަކައި މަޝްވަރާކޮށް، އެއްބަސްވުމަކަށް އައިސްފައެވެ. އައު އެއްބަސްވުމުގެ މުއްދަތު ރަސްމީކޮށް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މިއާއެކު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ކްލަބާ ހަވާލުވި އާޓެޓާ، އާސެނަލްގައި މަދުވެގެން 10 އަހަރު ހޭދަކުރާނެ ކަމަށް ބެލެވެއެވެ.

މި އައު އެއްބަސްވުމާއެކު އާޓެޓާގެ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ. އެގޮތުން މިހާރު އޭނާއަށް އަހަރަކު ލިބޭ 10 މިލިއަން ޕައުންޑުގެ މުސާރައިގެ އިތުރުން، ބޯނަހުގެ ގޮތުގައި 5 މިލިއަން ޕައުންޑް ހިމެނޭ ގޮތަށް އައު އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ.

އެއްބަސްވުމުގެ މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަދައްކަމުން އާޓެޓާ ވޭތުވެދިޔަ ހަފުތާގައި ބުނެފައިވަނީ، ސަޕޯޓަރުން އެކަމާ މެދު ކަންބޮޑުވާން ނުޖެހޭނެ ކަމަށާއި އޭނާ ހުންނަން ބޭނުންވަނީ އާސެނަލްގައި ކަމަށެވެ. އަދި އޭނާ ހުރީ ވަރަށް އުފަލުން ކަމަށާއި، ކްލަބުގައި އެކުގައި މަސައްކަތްކުރާ ފަރާތްތަކާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450