Ads by Farudhun

ޚަބަރު

ސަޢޫދީ ޢަރަބިއްޔާއާއި ރާއްޖެއާ ދެމެދު އޮތީ އިސްލާމީ އުޚުއްވަތްތެރިކަމާއި އިތުބާރުގެ ވަރުގަދަ ގުޅުމެއް: ރައީސް

ސަޢޫދީ ޢަރަބިއްޔާއާއި ރާއްޖެއާ ދެމެދު އޮތީ އިސްލާމީ އުޚުއްވަތްތެރިކަމާއި އިތުބާރުގެ ވަރުގަދަ ގުޅުމެއް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ޙަފުލާގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

23 ސެޕްޓެމްބަރު 2026، 10:25

23 ސެޕްޓެމްބަރު 2026، 10:25

ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމެއް ނޫން ކަމަށާއި، އެއީ މާތްވެގެންވާ އިސްލާމްދީނާއި, އިތުބާރާއި ދެ ގައުމުގެ މެދުގައިވާ ހެޔޮއެދުމުގެ މައްޗަށް ބިނާވެފައިވާ  ވަރުގަދަ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފުލާގައި ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއާއި، ދިވެހި ދައުލަތުގެ އިސްވެރިންނާއި، ދަޢުވަތު އެރުވުނު އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ދެ ޙަރަމްފުޅުގެ ޚާދިމް، ސަޢޫދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި ސަޢޫދީގެ އަޚުންނާއި އުޚުތުންނަށް ޤައުމީ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

"ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ދެ ދައުލަތެއްގެ ދެމެދުގައި އޮތް ގުޅުމެއް ނޫން. މިއީ އަޅުގަނޑުމެންގެ މެދުގައިވާ އެއްގޮތް ޢަޤީދާއާއި، އިތުބާރާއި، ދެމިގެންވާ ހެޔޮއެދުމާއި އަޚުވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ރައްޔިތުންގެ ވަރުގަދަ ގުޅުމެއް."

 ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ސަޢޫދީ ޤައުމީ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ "އަހަރެމެންގެ ފަޚުރަކީ އަހަރެމެންގެ ޠަބީޢަތް"  (އަވަރ ޕްރައިޑް އިސް އަވަރ ނޭޗަރ) މި ޝިޢާރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިއީ ހަމައެކަނި ޤައުމީ ވަންތަކަން ރަމްޒުކޮށްދޭ ޝިޢާރެއް ނޫން ކަމަށާއި، މިއީ ޤައުމެއް ބިނާވެގެންވާ އަގުހުރި ސިފަތައް ހާމަކޮށްދޭ ޝިޢާރެއް ކަމަށެވެ. ޚާއްޞަކޮށް ހިތްވަރާއި، ދުރުވިސްނުމާއި، އަމިއްލަވަންތަކަމާއި، ޢަޒުމާއި، ދީލަތިކަމާއި، މެހެމާންދާރީ ފަދަ ސިފަތަކަކީ ސަޢޫދީ މުޖުތަމަޢުގެ އަސްލު ކަމަށާއި، މި ސިފަތަކަކީ މިއަދު ސަޢޫދީއަށް އަންނަމުންދާ ތަރައްޤީއާއި ބަދަލުތަކުގެ މައިގަނޑު އަސާސްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، ސަޢޫދީން ދައްކުވައިދޭ މި އަގުހުރި ސިފަތަކަކީ ދިވެހިންގެ ހިތްތަކާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަން ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ދުރުމިނަށްވުރެ ބޮޑަށް ދެ ޤައުމު ގުޅުވައިދެނީ އެއްގޮތް ޢަޤީދާއާއި، އިސްލާމީ ރިވެތި އުސޫލުތަކާއި، އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމާއި އަޚުވަންތަކަން ކަމުގައި ވިދާޅުވިއެވެ. އަދި ދީލަތިކަމާއި މެހެމާންދާރީ އަދާކުރުމަކީ ދެ ޤައުމުގެ ސަގާފަތުގެވެސް މައިގަނޑު ބަހާ ކަމަށްވުމާއެކު، ޒަމާނުއްސުރެ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ދުވަހެއް ދުވަހަކަށް ބަދަހިވަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450