Ads by Farudhun

ޚަބަރު

ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ ޚާއްޞަ ޙަފުލާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ ޚާއްޞަ ޙަފުލާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ ޚާއްޞަ ޙަފުލާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވުން - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

24 ސެޕްޓެމްބަރު 2026، 08:51

24 ސެޕްޓެމްބަރު 2026، 08:51

ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި ހުންނަ އެ ޤައުމުގެ އެމްބަސީން އިންތިޒާމުކޮށްގެން ބޭއްވި ޚާއްޞަ ޙަފުލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ކުރުނބާ މޯލްޑިވްސް ރިޒޯޓުގައި މިރޭ ބޭއްވި މި ކުލަގަދަ ޙަފުލާއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން، އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ.

މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ވަލީއަޙުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މީގެއިތުރުން، ސަޢޫދީގެ ޝާހީ ޢާއިލާއަށާއި، ސަރުކާރަށް އަދި އެކުވެރި ރައްޔިތުންނަށް ވެސް އެމަނިކުފާނު ދުވަހުގެ ހެޔޮއެދުންތައް ރައްދުކުރެއްވިއެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ސަޢޫދީ ސަރުކާރުން އަބަދުވެސް ދެއްވާ އެއްބާރުލުމާއި ދެއްވާ އެހީތެރިކަން ވަރަށް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޙަފުލާގެ ތެރެއިން "އަ ޕާޓްނަރޝިޕް ފޮރ ދަ ފިއުޗަރ" މި ނަމުގައި ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލުމުގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ކޭކެއް ފެޅުން ވެސް އޮތެވެ. މި ޙަފުލާގައި ސަރުކާރުގެ އިސް ވެރިންނާއި ދައުވަތު އެރުވުނު ޚާއްޞަ މެހުމާނުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450