ޚަބަރު
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުލުހުންގެ ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަނީ
ކުޑަކުދިންގެ ހަވީރެއްގެ ތެރެއިން - ފޮޓޯ: ފުލުހުންގެ އިދާރާ
ދިވެހި ފުލުހުންގެ ޚިދުމަތުން އިންތިޒާމުކޮށްގެން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ކުޑަކުދިންނަށް ހާއްސަކޮށްގެން މަޖާ އަދި އުފާވެރި ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަހު ހަވީރު 4:00 އިން ފެށިގެން 6:00 އަށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު 3 ސަރަހައްދުގައެވެ.
ފުލުހުން ވިދާޅުވީ، މި ހަވީރުގެ މައިގަނޑު މަޤްސަދަކީ ކުޑަކުދިންނަށް އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުން ކަމަށެވެ.
Join us for an evening filled with fun, laughter, and cherished memories with our little ones!
— Maldives Police (@PoliceMv) September 24, 2026
Come together with the Hulhumalé Police for an exciting evening featuring games, activities, police vehicles, and fantastic prizes, including a special lucky draw!
Mark your calendars… pic.twitter.com/TGg9Wdqd4T
ފުލުހުން ވިދާޅުވީ، މި ހަވީރުގައި ކުޑަކުދިން ގަޔާވާނެ ގިނަ ކުޅިވަރުތަކާއި ތަފާތު އެކި މަޖާ ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން، މި ހަވީރުގެ ތެރެއިން ބައިވެރިންނަށް ހާއްސަ ލަކީ ޑްރޯއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މި ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި ގިނަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ކުޑަކުދިން ދުއްވާ ނޫކުލައާއި ހުދުކުލައިގެ ކުޅޭ ދެ ޖީޕު ކާރާއި، ހެލްމެޓުގެ އިތުރުން ވެސް ގިނަ އަދަދެއްގެ ހަދިޔާތައް ހިމެނޭކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެ އިތުރުން، މި އިވެންޓުގެ ތެރެއިން ކުޑަކުދިންނަށް ފުލުހުންގެ ޔުނީފޯމު ލައިގެން ފުލުހުންނާއެކު ފޮޓޯ ނެގުމާއި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ ސައިކަލު ފަދަ އުޅަނދުތަކަށް އަރައި، އެ ތަކެތި ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ކުޑަކުދިންނަށް ފަހިވެގެންދާނެއެވެ.
ހުޅުމާލެ ފުލުހުން ވަނީ އެންމެހާ ކުޑަކުދިންނާއި އާއިލާތަކުން މި ހަވީރުގައި ބައިވެރިވުމަށް ދަޢުވަތު އަރުވާފައެވެ. މިފަދަ ހަރަކާތެއްގެ މައިގަނޑު ބޭނުމަކީ މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމެވެ.
ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި