Ads by Farudhun

ޚަބަރު

މޫސުން އިތުރަށް ގޯސްވަމުން ދަނީ އެލްނީނޯގެ ބާރު ގަދަވުމުގެ ސަބަބުން: މޫސުމާ ބެހޭ އިދާރާ

މޫސުން އިތުރަށް ގޯސްވަމުން ދަނީ އެލްނީނޯގެ ބާރު ގަދަވުމުގެ ސަބަބުން: މޫސުމާ ބެހޭ އިދާރާ

ހިންނަވަރުގައި ފެން ބޮޑު ވެގެން ފެން ހިންދުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: އެމްއެންޑީއެފް

farudhun logo

ފަރުދުން

15 ނޮވެމްބަރު 2026، 07:53

15 ނޮވެމްބަރު 2026، 07:53

މި ދުވަސްވަރު ރާއްޖޭގެ މޫސުން އިތުރަށް ގޯސްވަމުން ދަނީ އެލްނީނޯގެ ބާރު ގަދަވުމުގެ ސަބަބުން ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި، މޫސުމާ ބެހޭ ޤައުމީ އިދާރާގެ މީޓިއޮރޮލޮޖިސްޓް ތަހުމީނާ ޢަބްދުލްކަރީމް ވިދާޅުވީ، ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑެއް ހޯމަ ދުވަހުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، ބޭ އޮފް ބެންގޯލުގައި އުފެދޭނެ ކަމަށް ބެލެވޭ މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ލަފާކުރެވެނީ ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ސަރަޙައްދުތަކަށެވެ. މީގެއިތުރުން، އެލްނީނޯގެ ބާރު އެންމެ ގަދަވާނީ ކުރިއަށް އޮތް ޑިސެންބަރު މަހުގެ ތެރޭގައި ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވެފައިވާއިރު، މިއަދު އުތުރުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން ފެންބޮޑުވި ރަށްތަކުގެ ތެރޭގައި ޅ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތައް ހިމެނެއެވެ.

މޫސުން ގޯސްވަމުންދާތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450