Ads by Farudhun

ޚަބަރު

ރާއްޖެއާއި ޗައިނާގެ ގުޅުމަކީ ލޮލަށް ފެންނަން އޮތް ޙަޤީޤަތެއް: ރައީސް

ރާއްޖެއާއި ޗައިނާގެ ގުޅުމަކީ ލޮލަށް ފެންނަން އޮތް ޙަޤީޤަތެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާގެ 77 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ގައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

24 ސެޕްޓެމްބަރު 2026، 06:18

24 ސެޕްޓެމްބަރު 2026، 06:18

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމަކީ ހަމައެކަނި ޑިޕްލޮމެޓިކް ބަޔާންތަކަކަށް އެކަނި ބިނާވެފައިވާ އޮތް ގުޅުމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ޢާންމު ދިރިއުޅުމުން ލޮލަށް ފެންނަން އޮތް ޙަޤީޤަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާގެ 77 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޤައުމީ ތަރައްޤީގައި ޗައިނާގެ އެހީތެރިކަން ވަރަށް ބޮޑަށް ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން ޒަމާނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ދެމެހެއްޓެނިވި ރަށްރަށުގެ ޢުމްރާނީ ތަރައްޤީއާއި، ތަޢުލީމާއި ފަންނީ ތަމްރީނުތަކުގެ ދާއިރާއިން ޗައިނާގެ އެއްބާރުލުން ފާހަގަކުރެއްވިއެވެ.

ޚާއްޞަކޮށް، ދެ ޤައުމުގެ ގުޅުމުގެ މައިގަނޑު ރަމްޒެއްގެ ގޮތުގައި 'ސިނަމާލެ ބްރިޖް' ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ބްރިޖަކީ ހަމައެކަނި ކޮންކްރީޓާއި ދަގަނޑު ނޫން ކަމަށާއި އެއީ ރައްޔިތުންނާއި ދެ ޤައުމު ގުޅުވައިދޭ މުހިންމު ފާލަމެއް ކަމަށެވެ. އަދި ދާދިފަހުން ޢަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ސަބަބުން ދެ ޤައުމުގެ ވިޔަފާރީގެ ފުރުޞަތުތައް އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450