Ads by Farudhun

ޚަބަރު

ރާއްޖެއިން އަބަދުވެސް 'ވަން ޗައިނާ ޕޮލިސީ' އަށް ފުރިހަމައަށް ތާއީދުކުރާނެ: ރައީސް

ރާއްޖެއިން އަބަދުވެސް 'ވަން ޗައިނާ ޕޮލިސީ' އަށް ފުރިހަމައަށް ތާއީދުކުރާނެ: ރައީސް

ޗައިނާގެ 77 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި ބައިވެރިވެ ވަޑައިގަތުން - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

24 ސެޕްޓެމްބަރު 2026، 06:22

24 ސެޕްޓެމްބަރު 2026، 06:22

ދިވެހިރާއްޖެއިން އަބަދުވެސް 'ވަން ޗައިނާ ޕްރިންސިޕަލް' ނުވަތަ އެއް ޗައިނާ ސިޔާސަތަށް ފުރިހަމައަށް އިޙްތިރާމްކޮށް، ސާބިތުކަމާއެކު އެ ސިޔާސަތުގައި ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާގެ 77 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް އެމަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު، ދެ ޤައުމުގެ ގުޅުން ވަނީ "ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" ގެ ދަރަޖައަށް އުފުލިފައެވެ.

"ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިހުތިރާމާއި، ސިޔާދަތީ ހަމަހަމަކަމާއި، ސުލްހަވެރިކަމާއެކު އެކުގައި ދިރިއުޅުމުގެ މައްޗަށް. އަދި ރާއްޖެއިން އަބަދުވެސް 'ވަން ޗައިނާ ޕޮލިސީ' އަށް ފުރިހަމައަށް ސާބިތުކަމާއެކު ކޮމިޓްވެ، ތާއީދުކުރާނެ،"

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ހަމައެކަނި ނަމަކަށް ގެނައި ބަދަލެއް ނޫން ކަމަށާއި، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި މުސްތަޤުބަލުގެ އުންމީދުތައް ރަމްޒުކޮށްދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

"މިއީ ހަމައެކަނި ބޭނުންކުރާ ލަފްޒުތަކަކަށް ގެނައި ބަދަލެއް ނޫން. މިއީ އަޅުގަނޑުމެންގެ ރަޙުމަތްތެރިކަމުގެ ފުންމިނާއި، މުސްތަޤުބަލަށްޓަކައި އަޅުގަނޑުމެން ގެންގުޅޭ އެއް އަމާޒުތައް ރަމްޒުކޮށްދޭ ކަމެއް،"

ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖެއާއި ޗައިނާ ވަކިވެފައިވަނީ ކަނޑުގެ ބޮޑު ސަރަޙައްދަކުން ކަމުގައި ވިޔަސް، ތާރީޚީ ގޮތުން ކަނޑުމަގުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި ޘަޤާފީ ގޮތުން ވަރުގަދަ ގުޅުމެއް އޮތް ކަމަށާއި، މި ގުޅުން ބިނާވެފައިވަނީ އިސްތިޤްލާލީ ހަމަހަމަކަމާއި އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމުގެ މައްޗަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ކުރާ ދަތުރުގައި ޗައިނާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުން ކަމަށްވެސް ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450