Ads by Farudhun

ޚަބަރު

މިއަދު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

މިއަދު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

ވައިގަދަ ދުވަހެއް.

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

26 ސެޕްޓެމްބަރު 2026، 10:02

26 ސެޕްޓެމްބަރު 2026، 10:02

މިއަދު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި ގުގުރުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ހުޅަނގުދެކުނާއި ހުޅަނގުން، ގަނޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، ދެކުނުގެ ކަނޑުތަށް ފިޔަވައި އެހެން ހިސާބުތަކަށް ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އެގޮތުން ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ދެކުނަށް 1 ފޫޓާ 3 ފޫޓާ ދެމެދު އަދި އުތުރާއި މެދުރާއްޖެތެރެއަށް 4 ފޫޓާއި 7 ފޫޓާ ދެމެދުއެވެ.

 މޫސުމާބެހޭ ޤައުމީ އިދާރާގެ ރެކޯޑްތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހދ. ހަނިމާދޫ އަށާއި ކ. ދިއްފުއްޓަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ހަނިމާދޫއަށް 26.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ދިއްފުއްޓަށް 23.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރެކޯޑު ކުރެވިފައިވެއެވެ.

 ހުރިހާ ފަރާތްތަކުންވެސް މޫސުމާއިބެހޭ އެންމެ ފަހުގެ މަޢުލޫމާތު އަދާހަމަކުރުމަށާއި، މޫސުމަށް ސަމާލުވެލެއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450