Ads by Farudhun

ޚަބަރު

އެމްޓީސީސީގެ ޤާބިލުކަން އިތުރުކުރުމަށް މަހާޖައްރާފަށްވުރެ ތިންގުނަ ބޮޑު އައު ޑްރެޖަރެއް މިއަހަރު ގެންނަނީ

އެމްޓީސީސީގެ ޤާބިލުކަން އިތުރުކުރުމަށް މަހާޖައްރާފަށްވުރެ ތިންގުނަ ބޮޑު އައު ޑްރެޖަރެއް މިއަހަރު ގެންނަނީ

ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނޭޝަންސް ޗެޓްގައި ވާހަކަ ފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

26 ސެޕްޓެމްބަރު 2026، 11:42

26 ސެޕްޓެމްބަރު 2026، 11:42

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހިންގަމުންދާ ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރުމުގެ ގޮތުން، މިހާރު ބޭނުންކުރަމުންދާ "މަހާޖައްރާފު" އަށް ވުރެ ތިން ގުނަ ބޮޑު ޑްރެޖަރެއް މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ގެންނާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެއްޖެއެވެ.

ދަޢުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ނޭޝަންސް ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް  ވިދާޅުވީ، އެމްޓީސީސީގެ ބިން ހިއްކުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހޯދާ މި ބޮޑު ހޮޕަރ ޑްރެޖަރު މިހާރު ގެނައުމުގެ ކަންކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި މި އުޅަނދު ލިބުމާއެކު، އެމްޓީސީސީއާ ހަވާލުކުރެވި، މިހާތަނަށް ނުފެށި ހުރި ބިން ހިއްކުމުގެ ހުރިހާ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިހާރު އެމްޓީސީސީގައި އޮތް މަހާޖައްރާފާގެ ތިން ގުނަ ބޮޑު ޖައްރާފާއެއް މިހާރު އިރާދަކުރެއްވިއްޔާ އެވަނީ ސެކިއާ ކުރެވިފައި. އުންމީދުކުރަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ގެނެވޭނެ ކަމުގައި. ގެނެވުނީމާ އެމްޓީސީސީއާ ހަވާލުވެފައި ހުރި މިހާރު ނުފެށި ހުރި ބިން ހިއްކުމުގެ ހުރިހާ މަޝްރޫއެއް ފެށޭނެ"

ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ،  މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށާއި ރާއްޖެއަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެއީ ކުރިން ލަފާކުރެވިފައި ނުވާ ކަމަކަށް ވާތީ، ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުން ކުރަމުން އައި ޚަރަދުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު އެ ދަތިތަކުން އަރައިގަނެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުން ކުރި މަސައްކަތްތަކާއެކު ހަނގުރާމައިގެ ސަަބަބުން ކުރިމަތިވި ގިނަ ދަތިތަކުން އަރައިގަނެވޭ ހިސާބަށް މިހާރު ވަނީ އާދެވިފައި. މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތްޕުޅަކީ ބޮޑެތި މަޝްރޫއުތައް ހިންގާ ދައުލަތުގެ ކުންފުނިތައް ހަރުދަނާކުރުން. ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތައް ހިންގާ އެއް ކުންފުންޏަކީ އެމްޓީސީސީ. އެ ކުންފުނީގެ ގާބިލުކަން އިތުރުކުރަންޖެހޭ. އެ ކުންފުނީގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ފެށިގެން ދަނީ ކުރިއަށް."

ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަޝްރޫޢުތައް ހިންގާ ސަރުކާރު ހިއްސާވާ ކުންފުނިތައް، ޚާއްޞަކޮށް އެމްޓީސީސީ ފަދަ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް ޤާބިލުކަން އިތުރުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެމްޓީސީސީއަށް ބޭނުންވާ ބޭރު ފައިސާ ނުވަތަ ޑޮލަރު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގިނަ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށާއި، ވަރަށް އަވަހަށް މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައާއި އެހެނިހެން ސާމާނު ލިބެން ފަށާނެ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ހަމައެކަނި ދަޢުލަތުގެ ބަޖެޓުން ހިންގާ މަޝްރޫޢުތަކަށް ބަރޯސާނުވެ، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކުގެ ބޮޑެތި މަސައްކަތްތައްވެސް ނަގައިގެން އިތުރު އާމްދަނީ ހޯދޭނެ ފަދަ ވަރުގަދަ ކުންފުންޏަކަށް އެމްޓީސީސީ ހެދުން ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450