Ads by Farudhun

ޚަބަރު

މުސްތަޤްބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިޙާނަކީ މުހިންމު މަރުޙަލާއެއް: ރައީސް

މުސްތަޤްބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިޙާނަކީ މުހިންމު މަރުޙަލާއެއް: ރައީސް

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 ސެޕްޓެމްބަރު 2026، 08:56

27 ސެޕްޓެމްބަރު 2026، 08:56

ދަރިވަރުންގެ މުސްތަޤްބަލު ބިނާކުރުމަށް ޓަކައި މަތީ ސާނަވީ އިމްތިޙާނަކީ މުހިންމު މަރުޙަލާއެއް ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ، މި އަހަރު، މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެ ކުދިންގެ ޢާއިލާތަކަށާއި މަދަރުސާތަކަށް، ވަރަށް ފުރިހަމަ ކާމިޔާބީއަކަށް  އެދިވަޑައިގަންނަވާފައެވެ.

ރައީސް ވިދާޅުވީ، ދަރިވަރުންގެ މުސްތަޤްބަލު ބިނާކުރުމުގައި އަދި ވަކީން ޚާއްޞަކޮށް، މަތީ ތަޢުލީމު އުނގެނޭނެ ދާއިރާއެއް ޚިޔާރުކޮށް ކުރިއަށް ދިއުމުގައި، މަތީ ސާނަވީ އިމްތިޙާނަކީ މުހިންމު މަރުޙަލާއެއް ކަމަށެވެ.

މި އިމްތިޙާނަށް ތައްޔާރުވުމަށް ދަރިވަރުންކޮށްފައިވާ ބުރަ މަސައްކަތުގެ ފޮނިމޭވާ ލިބޭނެ ކަމަށާއި، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، މި އިމްތިޙާނުގައި ފަސޭހައިން މޮޅަށް ޖަވާބުދީ، އެންމެން ފަޚުރުވެރިވާނެ ރަނގަޅު ނަތީޖާތަކެއް ޤައުމަށް ހޯދައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.



މި އަހަރުގެ މަތީ ސާނަވީ އިމްތިޙާނު ކުރިއަށްދާނީ މިމަހުގެ 27 އިން އޮކްޓޫބަރު މަހުގެ 30 ގެ ނިޔަލަށެވެ. މި އިމްތިހާނުގައި 53  ސެންޓަރަކުން 4973 ދަރިވަރުން އޭލެވެލް އިމްތިޙާނު އަދި 2263 ދަރިވަރުން އެޗްއެސްސީ އިމްތިޙާނު ހެދުމަށް ވަނީ ހަމަޖެހިފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450