Ads by Farudhun

ޚަބަރު

ރައީސް ޑރ. މުއިއްޒު ގިނަ ވަގުތު ހޭދަކުރެއްވީ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ އަމިއްލަފުޅަށް ބެއްލެވުމުގައި: ސައީދު

ރައީސް ޑރ. މުއިއްޒު ގިނަ ވަގުތު ހޭދަކުރެއްވީ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ އަމިއްލަފުޅަށް ބެއްލެވުމުގައި: ސައީދު

ރައީސުލްޖުމުހޫިއްޔާ ޑރ މުހަމއްމަދު މުއިއް އަދި އިކޮނޮމިކް މިނިސްޓަރު ސައީދު- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

07 އޮކްޓޯބަރު 2026، 10:24

07 އޮކްޓޯބަރު 2026، 10:24

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި ސަރުކާރުން ބޭއްވި ހާއްސަ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގިނަ ވަގުތު ހޭދަކުރެއްވީ އެ މަޝްރޫއުތަކުގެ އެންމެ ފަހުގެ ހާލަތު އަމިއްލަފުޅަށް ބައްލަވައި ވަޒަންކުރެއްވުމުގައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ހިނގަމުންދާ ތަރައްގީގެ މަސައްކަތްތަކާއި ރިޔާސީ ވައުދުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، މަޝްރޫއުތަކުގެ ދުވެލި ހަލުވިކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރު ސައީދު ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅުތަކެއް އެއް ފޮތަކަށް އެއްކުރައްވައި، ހާމަކަމާއި ތެދުވެރިކަމާއެކު ޝާއިއުކުރެއްވި ފުރަތަމަ ވެރިޔަކީ ރައީސް ޑރ. މުއިއްޒު ކަމަށެވެ. އަދި އެއީ އެ ވައުދުތައް ފުއްދެވުމުގެ ހެޔޮ ނިޔަތުގައި ކުރެއްވި ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.



މީގެއިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ، މަޝްރޫއުތަކާ ގުޅޭ ބައްދަލުވުމުގެ ގިނަ ވަގުތުތައް ރައީސް ހާއްސަކުރެއްވީ ކޮންމެ މަޝްރޫއެއްގެ އަދާހަމަ އަމިއްލަފުޅަށް ބެއްލެވުމަށާއި، ކަންކަން ނިމެމުންދާ މިންވަރު ދެނެގަތުމަށް ކަމަށެވެ. އަދި މަސައްކަތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ސީދާ ރައީސް އިސްނެންގެވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒިންމާދާރު ހުރިހާ ފަރާތްތަކަކާ އެކު އެއް މޭޒެއްގައި އިސްކަންދެއްވައިގެން ރައީސް ވަގުތު ހޭދަކުރެއްވުމަކީ ގައުމަށް ހިދުމަތް ކުރެއްވުމަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް އިހްލާސްތެރިކަމާއި ޝައުގުވެރިކަން ހާމަވާ ކަމެއް ކަމަށާއި، މިއީ ވެރިކަންކުރާ ޕާޓީއަށް ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މިނިސްޓަރު ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450