Ads by Farudhun

ޚަބަރު

ޓެމޫ ފަދަ އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރި ކުރުމަށް ހުރި ދަތިތައް ހައްލުކޮށްދޭނަން: ރައީސް

ޓެމޫ ފަދަ އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރި ކުރުމަށް ހުރި ދަތިތައް ހައްލުކޮށްދޭނަން: ރައީސް

"ރައްޔިތުންގެ އަޑު" ސިލްސިލާގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

08 އޮކްޓޯބަރު 2026، 10:25

08 އޮކްޓޯބަރު 2026، 10:25

ޓެމޫ ފަދަ އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރި ކުރުމަށް ހުރި ދަތިތަކަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، އިރާދަކުރެއްވިއްޔާ އެކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ސީދާ އެމަނިކުފާނާ ހިއްސާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ މި ހަފުތާގެ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

މި ކަންބޮޑުވުން ހިއްސާކުރެއްވި ފަރާތަށް ރައީސް ދެންނެވީ، "ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ކަމަށެވެ.

މި ޕްރޮގްރާމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރި ލޯފަން މީހަކު ވަނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިރިއުޅުމުގައި ދިމާވާ އެކި ގޮންޖެހުންތައް ވެސް އެމަނިކުފާނާ ހިއްސާކޮށްފައެވެ. އެގޮތުން މިސްކިތްތަކުގެ ސަފުތަކާއި ގިބުލަ ފަސޭހައިން ދެނެގަނެވޭނެ ނިޒާމެއް ނެތުމުގެ ކަންބޮޑުވުމާއި، އާރްޓީއެލް ބަހުގައި ދަތުރުކުރާއިރު ބަސް މަޑުކުރާ ސަރަޙައްދު ދެނެގަންނަން އުނދަގޫވާ މައްސަލަ އޭނާ ފާހަގަކުރިއެވެ.

އޭނާ ވަނީ ބަސް ދަތުރުކުރާއިރު އެ ބަސް ދެން ހުއްޓާނީ ކޮން ސަރަޙައްދަކަށްކަން އެނގޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ރައީސްގެ ކިބައިން އެދިފައެވެ. އަދި ބޮޑުތަކުރުފާނު މަގު މިހާރު ހަދާފައި އޮތް ސަރަޙައްދަކީ ލޯފަން މީހުންނަށް ހިނގާބިނގާވެ އުޅެން ފަސޭހަ މަގެއްކަން ފާހަގަކޮށް، ކުރިއަށް އޮތް ތަނުގައި މަގުތައް ހަދާއިރު ވެސް އެފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް އޭނާ އެދުނެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުޢިއްޒު ވަނީ، އެ ފާހަގަކުރި ކަންކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން ބައްލަވައިގަތުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 9 ޕްރޮގްރާމެއް މިހާތަނަށް ވަނީ ގެނެސްދީފައެވެ. އަދި މި ޕްރޮގްރާމްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާތަނަށް ޖުމްލަ 101 މީހުންނާ ބައްދަލުކުރައްވައި، އެމީހުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ސީދާ އަޑުއައްސަވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450