Ads by Farudhun

ޚަބަރު

އަންހެން ކުދިންގެ ޙައްޤުތައް ކުރިއެރުވުމުގައި ރާއްޖެއިން އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު: ރައީސް

އަންހެން ކުދިންގެ ޙައްޤުތައް ކުރިއެރުވުމުގައި ރާއްޖެއިން އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

11 އޮކްޓޯބަރު 2026، 08:46

11 އޮކްޓޯބަރު 2026، 08:46

ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެން ކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި ރައްކާތެރިކުރުމަށް ވެފައިވާ ވަޢުދު އައުކުރުމުގައި ދިވެހިރާއްޖެއިން އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން ދާނީ އަންހެން ކުދިންނާއި ޒުވާން އަންހެނުން ބާރުވެރިކުރުވައި، އެކުދިންގެ ޤާބިލުކަން އިތުރުކުމަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަންހެން ކުދިންނަކީ މުސްތަޤުބަލުގައި ލީޑަރުންނަށް ހަދައި، އެކުދިންނަށް ރައްކާތެރިކަމާއި އެއްބާރުލުން ލިބޭ މާޙައުލެއްގައި ޤައުމީ ތަރައްޤީއަށް މާނަހުރި ގޮތެއްގައި ޚިދުމަތްކުރުމުގެ ފުރުޞަތު ފަހިކޮށްދޭ ސިޔާސަތުތައް ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭނެއެވެ.

މި އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް ޓަކައި ޢާއިލާތަކާއި މުޖުތަމަޢުން ފެށިގެން ކަމާގުޅުންހުރި އެންމެހައި ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިއަދު އަންހެން ދަރިންގެ މުސްތަޤުބަލަށް ޓަކައި ކުރާ އިންވެސްޓްމަންޓަކީ، ފާގަތި މާދަމައެއް ބިނާކުރުމަށް ޓަކައި ކުރެވޭ އިންވެސްޓްމަންޓެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު 11 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހަކީ، އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އެ ކުދިންނަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ފާހަގަކުރާ މުހިންމު ދުވަހެކެވެ. މި ދުވަހުގެ މައިގަނޑު މަގުސަދަކީ އަންހެން ކުދިންނަށް ފުރިހަމަ ތައުލީމާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ތަފާތުކުރުންތަކާއި އަނިޔާއިން އެ ކުދިން ސަލާމަތްކޮށް، މުޖުތަމައުގައި އެ ކުދިން ބާރުވެރިކުރުވުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450