Ads by Farudhun

ޚަބަރު

ރަސްމާލޭގައި ގައި ފުރިހަމަ އާރާއިބާރާއެކު ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ: ރައީސް

ރަސްމާލޭގައި ގައި ފުރިހަމަ އާރާއިބާރާއެކު ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ: ރައީސް

ދަ ޕްލަސް ޕޮޑްކާސްޓްގައި ރައީސް މުޢިއްޒު ފަރުދުންގެ ނޫސްވެރިޔާ ނާފިޒް އާއެކު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޮކްޓޯބަރު 2026، 03:27

20 އޮކްޓޯބަރު 2026، 03:27

އީގަލް ހިލްސްއަށް ރަސްމާލެއިން ކުއްޔަށް ދޫކުރި ސަރަޙައްދުގެ ފުރިހަމަ ކޮންޓްރޯލް އަބަދުވެސް އޮންނާނީ ދިވެހި ސަރުކާރުގެ ބާރުގެ ދަށުގައި ކަމަށާއި އެ ސަރަޙައްދުގައި ހިނގާނީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭގެ ބިން ހިއްކިއިރު ރޭވުންތެރިކަމާއެކު މަސައްކަތް ކުރެވިފައި ނެތުމުގެ ސަބަބުން، މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެކަށީގެންވާ އިންވެސްޓްމަންޓުތަކެއް ކުރިޔަށްނުދާ ކަމަށެވެ. އަދި ހުޅުމާލެއަށް އެފަދަ އިންވެސްޓްމަންޓުތައް އައީ މީހުން ދިރިއުޅެން ފަށައި، ބްރިޖު މަޝްރޫޢާ އެކުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދަން ސަރުކާރުން ބޭނުންވަނީ އެ ސަރަޙައްދުން ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓުތަކުގައި ދިރިއުޅެން ފެށޭނެ ފަދަ ވަސީލަތްތަކާއި ބޮޑެތި އިންވެސްޓްމަންޓުތައް އެންމެ ފުރަތަމަވެސް ޤާއިމުކުރުމަށްފަހުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އީގަލް ހިލްސް މަޝްރޫޢަކީ ކުރު މުއްދަތެއްގެ ތެރޭގައި ރަސްމާލޭގެ ތަރައްޤީ ޙަޤީޤަތަކަށް ހަދައިދޭނެ މުހިންމު މަޝްރޫޢެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ ޙަޤީޤީ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ސިޔާސީ ބޭނުމުގައި ބައެއް ފަރާތްތަކުން ޙަޤީޤަތް އޮޅުވާލުމަށް ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ. ވަކިން ޚާއްޞަކޮށް، ރަސްމާލޭގެ ބިން ނުވަތަ އެތަނުގައި ތަރައްޤީކުރާ ޕްރޮޕަޓީތައް 99 އަހަރަށް ދޫކުރުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އެމަނިކުފާނު ވަނީ ރައްދު ދެއްވާފައެވެ.

އެގޮތުން، 99 އަހަރަށް ދޫކުރާ އެއްވެސް ޕްރޮޕަޓީއެއް އެހެން ފަރާތަކަށް މިލްކުވެރިކޮށް ނުވިއްކޭނެ ކަމަށާއި، އެ މުއްދަތު ހަމަވުމުންވެސް ނުވަތަ ވިއްކާލަން ބޭނުންވި ނަމަވެސް އެތަން ވިއްކަން ޖެހޭނީ ހަމައެކަނި ދައުލަތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މުޢާމަލާތްތަކުގެ ތެރެއިން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އިންވެސްޓްމަންޓުގެ ތެރެއިން ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް ގަނެވެނީ. އެފަރާތުން ދެން އެތަން ޖެހޭނީ ދައުލަތަށް ދޭން. ސަރުކާރުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ. ފުލް ކޮންޓްރޯލް މިއޮންނަނީ ދިވެހި ސަރުކާރަށް. އޮޓޯއިން (އެއްބަސްވުން) ރިނިއުވެ، އަނެއްކާ އިތުރު 99 އަހަރު ލިބި، އެކަހަލަ ކަމެއް ނޫން މިއީ.  

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާލެ މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތު ސަރުކާރުން ހާމަކުރަމުންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި މަޝްރޫޢުގެ އެއްވެސް އެއްބަސްވުމެއް ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފަށް ނުހަދާނެ ކަމަށާއި، އެ ސަރަޙައްދުގައި އަބަދުވެސް ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ބާރު ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450