Ads by Farudhun

ޚަބަރު

އިސްލާމްދީން ނޫން ދީނަކަށް ރާއްޖޭގައި އަމަލެއް ނުކުރެވޭނެ: ރައީސް

އިސްލާމްދީން ނޫން ދީނަކަށް ރާއްޖޭގައި އަމަލެއް ނުކުރެވޭނެ: ރައީސް

ދަ ޕަލްސް ޕްރޮގްރާމްގެ ތެރެއިން...

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

20 އޮކްޓޯބަރު 2026، 05:50

20 އޮކްޓޯބަރު 2026، 05:50

ރަސްމާލެ ޕްރޮޖެކްޓާއި ގުޅިގެން ރާއްޖޭގެ އިސްލާމްކަމަށް ބުރު ނާރާނެ ކަމަށާއި، އިސްލާމްދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި އަޅުކަން ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކަމަކީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަންވާނެ ކަންބޮޑުވުމެއްކަމުގައި ވެގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ރަސްމާލޭގެ ތަރައްޤީއާއި ގުޅޭގޮތުން ދަ ޕަލްސް ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަންކަމަށް ރިޔާޔަތްކޮށްގެން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

"އިސްލާމްދީން ނޫން ދީނެއް ރާއްޖޭގައި ޕްރެކްޓިސް އެއް ނުކުރެވޭނެ. ރާއްޖެ މީ ސައްތައިންސައްތަ އިސްލާމީ ޤައުމެއް. އެހެންވީމަ މިތަނަސް އަންނަ އިންވެސްޓްމަންޓްއަކުންނެއް އެއީކީ ބަދަލުވާނެ ކަމެއް ނޫން"

ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ހުރިހާ ކަމެއްވެސް ކުރެވިގެންދާނީ ފާޅުކަން ބޮޑު ގޮތެއްގައި ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހަށް ހުށަހެޅިގެންދާ ބިލު ވެސް އާންމުންނަށް ފެނިގެންދާނެ ކަމަށާއި، މިކަމުގެ އެއްބަސްވުމާއި ހުރިހާ ކަމަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވާނެ އެއްޗެއްކަމަށް ރައީސް ވިދާޅުވިއެވެ.

މި ހުރިހާ ކަމަކީ ވެސް ދެފުށް ފެންނަ ގޮތަށް ޒިންމާދާރު ނިޒާމެއްގެ ތެރެއިން ކުރިއަށް ދާނެ ކަންތައްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450