Ads by Farudhun

ޚަބަރު

ޕާކިސްތާނުން ދެންނެވި ހޫނު މަރުޙަބާއަކީ ލިބުނު ބޮޑު ޝަރަފެއްކަމަށް ރައީސް ވިދާޅުވެއްޖެ

ޕާކިސްތާނުން ދެންނެވި ހޫނު މަރުޙަބާއަކީ ލިބުނު ބޮޑު ޝަރަފެއްކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުން / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

20 އޮކްޓޯބަރު 2026، 10:00

20 އޮކްޓޯބަރު 2026، 10:00

ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުން ވިދާޅުވި ހޫނު މަރުޚަބާއަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވަޑައިގެންނެވުމަށްފަހު އެމަނިކުފާނު ވިދާޅުވީ، ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމަށް ވަޑައިގެންނެވުމުން ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް އިހުސާސް ކުރެއްވޭ ކަމަށެވެ.

އަދި އެމަނިކުފާނުގެ ދެކަނބަލުންނަށާއި ވަފުދުގެ ބޭފުޅުންނަށް ޕާކިސްތާނުގެ ސަރުކާރާއި އަޚުވަންތަ ރައްޔިތުންގެ ފަރާތުން ދެންނެވި ޚާއްޞަ، ޝަރަފުވެރި ރަސްމީ މަރުޙަބާއަށާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.



މި ދަތުރުފުޅުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެ ޤައުމުގެ ޕާޓްނާޝިޕް ވަރުގަދަކޮށް، ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ހުރި ޢާންމު ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މި ދަތުރުފުޅުގެ ތެރެއިން ކުރިއަށްދާ މަޝްވަރާތަކަކީ ނަތީޖާ ނެރެވޭނެ، ކާމިޔާބު ބައްދަލުވުންތަކަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450