ކުޅިވަރު

ވިޔަފާރީގެ މުޢާމަލާތް އިތުރު ކުރުމަށް ނިންމުމަކީ ލިބުނު ބޮޑު އުފަލެއް: ރައީސުލްޖުމްހޫރިއްޔާ

ވިޔަފާރީގެ މުޢާމަލާތް އިތުރު ކުރުމަށް ނިންމުމަކީ ލިބުނު ބޮޑު އުފަލެއް: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

21 އޮކްޓޯބަރު 2026، 03:17

21 އޮކްޓޯބަރު 2026، 03:17

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ވިޔަފާރީގެ މުޢާމަލާތްތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ބައްދަލުކުރައްވައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކަށްފަހު، 'އެކްސް' މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި މިހާރު ހިނގަމުންދާ 13 މިލިއަން ޑޮލަރުގެ ވިޔަފާރި، 200 މިލިއަން ޑޮލަރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެއިތުރުން، ރާއްޖޭގައި ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް ޕާކިސްތާނުން ވެދެއްވަން ނިންމެވި ދީލަތި އެހީތެރިކަމަށްޓަކައި ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. އަދި ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މި ދަނޑިވަޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އެޅުނު ވަރަށް ވަރުގަދަ ބިންގަލެއްގެ ގޮތުގައި މި މަޝްވަރާތައް އެމަނިކުފާނު ސިފަކުރެއްވިއެވެ.



މި ބައްދަލުވުމުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ އިތުރުން، ޞިއްޙީ، ތަޢުލީމީ، ތިމާވެށި، ފަތުރުވެރިކަން، މަސްވެރިކަމާއި ދަނޑުވެރިކަން، ޒުވާނުންނާއި ކުޅިވަރު، ދިފާޢީ އަދި ސަލާމަތީ ދާއިރާ، އިންސާނީ ވަސީލަތް ތަރައްޤީކުރުން އަދި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ދެ ޤައުމުގެ އިސްވެރިން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން 20 ފަހުމުނާމާއެއްގައި ސޮއިކޮށް ބަދަލުކުރެވިފައިވާ ކަމަށާއި، މިއީ ދެ ޤައުމުގެ ގުޅުމުގައި ފެށުނު އައު ބާބެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު (އައިއައިޔޫއައި) އިން ރައީސުލްޖުމްހޫރިއްޔާއަށް "ޑޮކްޓަރ އޮފް ފިލޯސޮފީ (އޮނަރިސް ކޯސާ) އިން ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް" ގެ ޝަރަފުވެރި ޑިގްރީ އަރުވާފައިވާތީ، އެއީ އެމަނިކުފާނަށާއި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް، އެމަނިކުފާނަށާއި ވަފުދަށް އަދާކުރެއްވި ހޫނު މެހެމާންދާރީއަށާއި ބެހެއްޓެވި ގާތް އެކުވެރިކަމަށް ޝުކުރު އަދާކުރައްވަމުން ރައީސް ވިދާޅުވީ، ދެ ޤައުމަށް ވެސް ފައިދާހުރި ވަރުގަދަ ގުޅުމެއް ބިނާކުރުމަށްޓަކައި މި ނިންމުންތައް ތަންފީޒުކުރުމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450