Ads by Farudhun

ޚަބަރު

ޖިސްނީ އަނިޔާގެ މައްސަލައާ ގުޅިގެން 9 މީހަކު ހައްޔަރުކޮށްފި

ޖިސްނީ އަނިޔާގެ މައްސަލައާ ގުޅިގެން 9 މީހަކު ހައްޔަރުކޮށްފި

ޝަހީދު ހުސެއިން އާދަމް ބިލްޑިންގް---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 އޮކްޓޯބަރު 2026، 01:49

24 އޮކްޓޯބަރު 2026، 01:49

ދެކުނުގެ ރަށެއްގައި ހިނގި ޖިންސީ ގޯނާގެ ސީރިއަސް މައްސަލައެއްގެ ތަހުގީގުގައި، ތުހުމަތުކުރެވޭ 9 ދިވެހި ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. 

މި މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ފޮނުވައިގެން އެ ރަށުގައި މިހާރު ފުލުހުން ދަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ.

މި މައްސަލައަކީ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި ގިނަ ބަޔަކު ބައިވެރިވެގެން 22 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އަންހެން މީހާއަށް ކުރި ޖިންސީ ގޯނާގެ ތަހުގީގުގެ ތެރެއިން އިތުރު ސީރިއަސް ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އެގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް ކުރުން ނުވަތަ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއް ވެސް މި ތަހުގީގުގެ ތެރެއިން ވަނީ ފެންމަތިވެފައެވެ.

މި ތުހުމަތުތަކާ ގުޅިގެން މައްސަލައިގެ ނާޒުކުކަމާއި ސީރިއަސްކަން ބޮޑުވެފައިވާއިރު، ފުލުހުން ދަނީ މިއީ ވަރަށް އިސްކަންދޭ މައްސަލައެއްގެ ގޮތުގައި ބަލައި ފުޅާ ދާއިރާއެއްގައި ތަހުގީގު ހިންގަމުންނެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450