ޚަބަރު
ފުނަދޫ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި
ފުނަދޫ ޕެޓްރޯލް ޝެޑުގެ އަލިފާނުގެ ހާދިސާ---
ށ. ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 08:00 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ސިފައިންނެވެ.
ށ.ފުނަދޫ، ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފި. ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 08:00ގައި. https://t.co/RwKwSEKsJr
— Maldives National Defence Force (@MNDF_Official) October 25, 2026
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް ނުވަތަ ލިބުނު ގެއްލުމުގެ ތަފްޞީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ސިފައިން ދަނީ އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.