Ads by Farudhun

ޚަބަރު

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

މަސްވެރިކަން ކުރާ ދޯންޏެއް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

25 އޮކްޓޯބަރު 2026، 10:00

25 އޮކްޓޯބަރު 2026، 10:00

މިއަހަރު ފާހަގަކުރާ 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. 

"މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން" މި ޝިއާރުގެ ދަށުން، މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބާއްވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 3 އިން 7 އަށެވެ.

ބމުބާރާތުގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި، އެކެޑަމީތަކާއި، ކްލަބު ޖަމްޢިއްޔާތަކުގެ އިތުރުން އޮފީސްތަކާއި ކުންފުނިތަކަށް ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އަމިއްލަ ފަރާތްތަކަށް ވެސް މުބާރާތުގައި ޓީމު ބައިވެރިކުރެވޭނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.



މުބާރާތުގެ ގަވާއިދު ބަޔާންކުރާ ގޮތުގައި، ވާދަކުރާ ކޮންމެ ޓީމެއްގައި 3 ބައިވެރިން ތިބެންޖެހޭނެއެވެ. އަދި ބަދަލުގައި އަރާނެ އިތުރު 2 ބައިވެރިން ޓީމުގައި ހިމެނުމުގެ އިޚުތިޔާރު ލިބިގެންވެއެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ މިއަހަރުގެ ޖެނުއަރީ މަހަށް 16 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. މުބާރާތް ނިމުމުން އެންމެ މޮޅު 3 ބައިވެރިންނާއި އެންމެ މޮޅު 3 ޓީމު ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން އެ ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450